2020 ވަނަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީގެ ޝަރަފު "ފޮރބްސް" އިން މަޝްހޫރު މޮޑެލް އަދި ޓީވީ ތަރި ކައިލީ ޖެނާއަށް ދީފިއެވެ.
އެންމެ ބޮޑު އާމްދަނީއެއް ހޯދިމަޝްހޫރު ތަރިންގެ ލިސްޓްގެ އެންމެ ކުރީގައި އޮތް 10 މީހުންގެ އާމްދަނީ އެއްކޮށްލުމުން ޖުމްލަ 6.1 ބިލިއަން ޑޮލަރަށް އަރައެވެ. މި ލިސްޓުގެ އެއްވަނާގައި ކައިލީ ޖެނާ އުޅޭ އިރު ދެވަނާގައި އުޅެނީ އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިއުންތެރިއާ ކަންޔޭ ވެސްޓް އެވެ.
މާލީ ތަޖުރިބާ ކާރުން ލަފާކުރާ ގޮތުގައި ކައިލީގެ އާމްދަނީ މިއަހަރު 590 މިލިއަން ޑޮލަރަށް އަރާނެއެވެ. އެއީ އޭނަގެ އަމިއްލަ، ރީތިވާ ސާމާނުގެ ބްރޭންޑްގެ ހިއްސާ މިއަހަރު ކޯޓީ އިންކަށް ވިއްކާލާފައި ވުމުންނެވެ.
މީގެ އިތުރުން ލިސްޓުގެ ދެވަނާގައި ވާ ކަންޔޭ ވެސްޓް މިއަހަރު ހޯދި އާމްދަނީ 170 މިލިއަން ޑޮލަރަށް އަރައެވެ. ކަންޔޭ ވެސްޓް އަކީ ކައިލީ ޖެނާގެ ޅިޔަނެކެވެ. އަދި އޭނާގެ ކޮލަބޮރޭޝަންއެއް މަޝްހޫރު ކޮމްޕެނީ އެޑިޑަސް ގައި އޮވެއެވެ.
މީގެ އިތުރުން ޓެއިލާ ޕެރީ، ހޮވާޑް ސްޓާން، ޑްވޭން ޖޯންސަން، ރޮޖާ ފެޑެރާ، ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނެލް މެސީ، ނޭމާ އަދި ލެބްރޯން ޖޭމްސް ވެސް މި ލިސްޓްގައި ދިހަ ވަނައިގެ ތެރޭގައި ހިމެނެއެވެ.
ކޮވިޑް 19 ގެ ޕެންޑަމިކްގެ ސަބަބުން މުނިފޫހި ފިލުވުމުގެ ސިނާޢަތަށް މި އަހަރު ލިބިފައިވަނީ ޖުމްލަ 6.1 ބިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 200 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
ކޮމެންޓު ފޮނުވާ