"ޔޯދާ" މި މަހު 15 ގައި

"ޔޯދާ" މި މަހު 15 ގައި

Author
ފާތިމަތު ނާވީ
01 މާރޗް 2024 11:27
0

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމު "ޔޯދާ" މި މަހުގެ 15 ގައި ރިލީޒް ކުރުމަށް ނިންމައި ތާވަލު ކޮށް އިއުލާން ކޮށްފިއެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސާގަރް އަމްބްރޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމް އަކީ މިއަހަރުގެ ވަރަށް އުންމީދީ ފިލްމްއެއްވެސް މެއެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

ވައިގެ ތެރޭގައި ހައިޖެކްކުރާ ފްލައިޓެއް ސަލާމަތްކުރަން ކުރާ މަސައްކަތްތައް ދައްކުވައިދޭ "ޔޯދާ" ގެ ޕްރޮމޯޝަނަލްގެ ހުރިހާ ކަމެއް ކުރަމުން އަންނަނީ ވައިގެ ތެރޭގައިއެވެ. އެގޮތުން ފިލްމްގެ ޕޯސްޓަރު ވެސް ދައްކައިލައިފައިވަނީ ވައިގެ ތެރޭގައި ފަޒާގައިއެވެ.

އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަ މި އެކްޝަން ތުރިލާގެ ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ޑިޝާ ޕަޓާނީގެ އިތުރުން ރާޝީ ކަންނާ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.