ދީޕިކާ ވިހާނީ ސެޕްޓެމްބަރުގައި

ދީޕިކާ ވިހާނީ ސެޕްޓެމްބަރުގައި

Author
ފާތިމަތު ނާވީ
01 މާރޗް 2024 10:33
0

ބޮލީވުޑްގެ ބަތަލާ ބަނޑުބޮޑު ކަމަށް މީޑީއާއިން އިއުލާން ކުރިތާ ހަފްތާއެއް ހައި ދުވަސް ފަހުން ރަސްމީކޮން އެކަން އިއުލާން ކޮށްފިއެވެ.

ދީޕިކާ އާއި ރަންވީރު ގެ ސޯޝަލް މީޑިއާގައި މިއަދު ވަނީ އެމީހުންނަށް ކުއްޖަކު ލިބެއް އުޅޭ ކަމަށް އިއުލާން ކޮށްފައިއެވެ. އަދި މި އަހަރު ސެޕްޓެމްބަރު މަހުގައި އެމީހުން ނަށް އަލަތު ދަރިފުޅު ލިބޭނެ ކަމަށް ވަނީ އިއުލާން ކޮށްފައިއެވެ.

ބޮލީވުުޑްގެ މިހާރުގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ދީޕިކާ އާއި ރަންވީރު ކައިވެނިކުރީ 2018 ގަ އެވެ. އަދި މީޑިއާއިން އެންމެ ގިނަ އިން މިދެމަފިރިންނަށް އަމާޒު ކުރާ އެއް ސުވާލަކީ ވެސް ދަރިއަކު ހޯދާނީ ކޮން އިރަކުންތޯއެވެ.

މި ދެ ތަރިން އެކީގައި ކާމިޔާބު ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އެއީ "ރާމް-ލީލާ"، "ބަޖިރާއޯ މަސްތާނީ"، "ޕަދުމާވަތު" އަދި "83″ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.