އެމްޑީޕީ ކެންޑިޑޭޓުން ޕާޓީ ބަދަލު ނުކުރާނެ ހުވާކޮށްފި

އެމްޑީޕީ ކެންޑިޑޭޓުން ޕާޓީ ބަދަލު ނުކުރާނެ ހުވާކޮށްފި

Author
އަހުމަދު
26 ފެބްރުއަރީ 2024 11:02
0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ވެއްޖެނަމަ، ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން މާތް ﷲ ގަންދީ ހުވާކޮށްފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން މިގޮތަށް ހުވާ ކުރީ އެ ޕާޓީގެ މަޖިލިސް ކެމްޕެއިން "މިސްރާބު ހަމަ މަގަށް" ރަސްމީކޮށް ލޯންޗުކުރުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބާއްވާ ޖަލްސާގައެވެ.

ކެންޑިޑޭޓުންނަށް ހުވައި ލައި ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.

މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެމްޑީޕީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ޕާޓީން ވާދަ ނުކުރާ ހަތަރު ދާއިރާއަކީ ވ. ފެލިދޫ ދާއިރާ އާއި ފ. ނިލަންދޫ ދާއިރާ އާއި ފުވައްމުލަކު އުތުރު ދާއިރާއަށާއި ތ. ގުރައިދޫ ދާއިރާއަށެވެ.

އެމްޑީޕީން ހަތަރު ދާއިރާ އަށް ވާދަނުކުރަން ނިންމި ނަމަވެސް އެ ދާއިރާތަކަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.