ސުހާނާ ގެއެއް ގަނެފި

ސުހާނާ ގެއެއް ގަނެފި

Author
ފާތިމަތު ނާވީ
27 ފެބްރުއަރީ 2024 09:22
0

މިދިއަ އަހަރު "ދި އާޗީސް" އިން ބޮލީވުޑް އަށް ތައާރަފްވި ބަތަލާ ސުހާނާ ހާން ގެއެއް ގަނެފިއެވެ.

އިންޑިއާގެ މަޝްހޫރު ބީޗް ޓައުނެއް ކަމަށްވާ އަލީބާގް އިން މިދިޔަ އަހަރު ވެސް ގެޔެއް ގަތް ބޮލީވުޑް ތަރި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން އަނެއްކާ ވެސް އެތަނުން އިތުރު ގެއެއް ގަނެފައިވާކަމަށް ހަބަރުތަށް އަންނަނީ ބުނަމުންނެވެ.

މީޑިއާތަކުން ބުނީ 23 އަހަރުގެ ސުހާނާ މި ފަހަރު ގަތީ 1.8 އޭކަރުގެ ބިމެއްގައި ހުރި ގެއެއް ކަމަށާއި އެ ގޭގެ އަގު 10 ކްރޯޑް ރުޕީސް (1.2 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ކަމަށެވެ.

އަދި މި ގެ ގަތުމުގެ ހުރިހާ މަރުހަލާއެއް މިހާރު ނިމިފައިވާ ކަމަށާއިއެކަންކަން ނިމިފައިވަނީ މިދިއަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަލީބާގް އިން ސުހާނާ ގަތް ގޭގެ އަގު 13 ކްރޯޑް ރުޕީސް (1.6 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އަލީބާގްގައި ޝާހްރުކްގެ ވަރަށް އަގުބޮޑު ގެއެއް ވެސް ހުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.