ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މިމަހު ރާއްޖެއަށް ފަށަނީ

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މިމަހު ރާއްޖެއަށް ފަށަނީ

ގުޅުންހުރި

އިނގިރޭސިވިލާތުން އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް ފްލައިޓް ކަމަށްވާ ބްރިޓިޝް އެއާ މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ފަށާނެ ކަމަށް ބުނެފި އެވެ.

ރާއްޖޭގެ އެންމެ މުހިންމު އެއް މާކެޓް ކަމަށްވާ އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ބްރިޓިޝް އެއާވޭސް އިން ފަށާ މި ދަތުރުތަކާ ބެހޭ ގޮތުން، އެއާލައިންގެ ޑިރެކްޓަރު ނެޓްވޯކް އެންޑް އެލަޔަންސް ނިލް ޗާނޮފް ވިދާޅުވި ގޮތުގައި އަލުން ރާއްޖެ އަށް މި މަހުގެ ދަތުރު ފެށުމަކީ އުފަލެއް ކަމަށެވެ. އަދި މި ދަތުރުގެ ސަބަބުން އިނގިރޭސިވިލާތާއި ދުނިޔޭގެ ގިނަ ގައުމުތަކާ ގުޅާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މި ފްލައިޓްތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ. ބްރިޓިޝް އެއާވޭސް އިން އިނގިރޭސިވިލާތުން ރާއްޖެ އަށް ސީދާ ދަތުރުތަށް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހު ރާއްޖެ އައިސްފައި ވަނީ 173347 (އެއްލައްކަ ހަތްދިހަ ތިންހާސް ތިންސަތޭކަ ސާޅީސް ހަތެއް) ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 149786 (އެއްލައްކަ ސާޅީސްނުވަހާސް ހަތްސަތޭކަ އަށްޑިހަ ހައެއް) ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މާރޗްމަހު ރާއްޖެ އައީ 59،627 ފަތުރުވެރިންނެވެ. އޭފްރީލް އަދި ޖޫން މަހު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކު އައިސްފައިނުވާއިރު މޭމަހު ރާއްޖެ އައީ 36 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ، ރަޝިއާ، ޔޫއެސް، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި އިޖިޕްޓްއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 16405 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ