އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މާލޭގެ ސްޓިއަރިން ކޮމިޓީގައި ހިމެނޭ ދެ ބޭފުޅަކު މިއަދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއަދު ހަވީރު 16:30 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ދަފްތަރު ސްޓިއަރިން ކޮމިޓީގެ ރައީސް އަހުމަދު އަދި މާފަންނު ސްޓިއަރިން ކޮމިޓީގެ މެމްބަރު އަހުމަދު އިލްހާމް ކަމަށެވެ.
ނަމަވެސް މިދެބޭފުޅުން ހާޒިރު ކުރަނީ ކޮންކަމާއި ގުޅިގެންކަމެއް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައި ނުވެއެވެ. އިދިކޮޅު ކޯލިޝަނުންގެ އިސް ބޭފުޅުންނާއި، އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ދޭތެރެ ދޭތެރެއިން ފުލުސް އޮފީހަށް ހާޒިރުކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ