އަންނަ މާރޗްމަހުން ފެށިގެން މާލޭ ސަރަހައްދުގައި ކުނި އުކާލަން އަންނަ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ އަށް ވެމްކޯއިން ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ، އެގޮތުން މީގެ ކުރިން އާންމު ފަރާތްތަކުން ކުނި ގެންނަ އުޅަނދުތަކުން ޓަނަކަށް ނަގަމުން އައި 1،060 ރުފިޔާގެ ފީ ޓަނަކަށް 750 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގައި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއް ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގަމުންދާނެ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
ވެމްކޯއިން ބުނެފައިވަނީ މި ބަދަލާއެކު މާލެ ސަރަހައްދުގައި ވެއި ބުރިޖް ގާއިމްވެފައިވާ ފެސިލިޓީތަކަށް ކުނިގެނައުމުން އާންމުންގެ ފަރާތުން އަންނަ އުޅަނދަށް ޗާޖު ކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލާ ޓަނަކަށް 750 ރުފިޔާ ކަމުގައެވެ.
އަދި ފެސިލިޓީއަށް ކުނި ގެއްނަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެނައުމުން ޗާރޖް ކުރެވޭނީ ގެއްނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2660 ރުފިޔާ ކަމަށާއި ވެއި ބްރިޖް ގާއިމު ވެފައި ނުވާ ފެސިލިޓީތަކުން އާންމުނަށް ޗާރޖް ކުރާނީ އުޅަނދުގެ ރަޖިސްޓާރޑް ޓަނަކަށް 750 ރުފިޔާކަމަށްވެސް ވެމްކޯގެ ކުންފުނީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ