އެމްޑީޕީގެ މަޖިލިސް ކެމްޕެއިން މާދަމާރޭ ލޯންޗު ކުރަނީ

އެމްޑީޕީގެ މަޖިލިސް ކެމްޕެއިން މާދަމާރޭ ލޯންޗު ކުރަނީ

Author
އަހުމަދު
25 ފެބްރުއަރީ 2024 02:30
0

އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށްޓަކައި މާދަމާރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.

އެމްޑީޕީގެ ކެމްޕެއިން ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ "މިސްރާބު ހަމަމަގަށް" މި ޝިއާރުގެ ދަށުންނެވެ.

މި ޖަލްސާގައި މަޖިލިސް އިންތިހާބަށް އެ ޕާޓީން ގެންގުޅޭ ޝިއާރާއި ލޯގު އިފްތިތާހު ކުރާނެއެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މާލޭގައި ތިއްބެވި ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެމްޑީޕީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ޕާޓީން ވާދަ ނުކުރާ ހަތަރު ދާއިރާއަކީ ވ. ފެލިދޫ ދާއިރާ އާއި ފ. ނިލަންދޫ ދާއިރާ އާއި ފުވައްމުލަކު އުތުރު ދާއިރާއަށާއި ތ. ގުރައިދޫ ދާއިރާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.