އަޖޭ ގެ "ޝައިތާން" އަންނަ މަހު 8 ގައި

އަޖޭ ގެ "ޝައިތާން" އަންނަ މަހު 8 ގައި

Author
ފާތިމަތު ނާވީ
26 ފެބްރުއަރީ 2024 10:14
0

ސިހުރާއި ހާހޫރާއިގެ ބިރުވެރި ކަންތަށް ތަކެއް ދައްކުވައިދޭ ފިލްމް "ޝައިތާން" އަންނަ މަހުގެ 8 ވަނަ ދުވަހުގައި ބެލުންތެރިންނަށް ގެނެސްދިނުމަށް ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

މީގެ ކުރިން ވަނީ ފިލްމްގެ ޓިޒާ އަދި ޕޯސްޓަރު ތަކެއް ވެސް އާންމުކޮށްފައިއެވެ. މި ފިލްމް އަކީ ބިރުވެރި ފިލްމްތަށް ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ފިލްމްއެކެވެ. ފިލްމް ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ އަންނަ މާޗު މަހުގެ 8 ވަނަ ދުވަހަށެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭގެ އިތުރުން މި ފިލްމް ގެ ކާސްޓުން ދެން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު އާރް މާދަވަން އެވެ. އަދި މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ އެކްޓާ ސޫރިއާގެ އަންހެނުން ޖަޔޮތިކާވެސް ފެނިގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

ނޭވާ ހިފަހައްޓާކަން ޖެހޭ ކަހަލަ ގިނަ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ މިދިޔަ އަހަރު "ގަނަޕަތު" ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީ މި އަހަރުގެ ވަރަށް އުންމީދީ ފިލްމްއެއްވެސް މެއެވެ. އޭނާ އަކީ މިދިޔަ އަހަރު "ގަނަޕަތު" ގެނެސްދިން ޑައިރެކްޓަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.