ވިކްރާންތް ގެ ދަރިފުޅަށް ނަން ކިޔައިފި

ވިކްރާންތް ގެ ދަރިފުޅަށް ނަން ކިޔައިފި

Author
ފާތިމަތު ނާވީ
25 ފެބްރުއަރީ 2024 03:00
0

މީގެ ދެ ހަފްތާ ކުރިން އަލަތު ދަރިއަކު ލިބުން ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ވިކްރާންތް މާސޭ އާއި އަންހެނުން ޝީތަލް ޓާކުރުގެ ދަރިފުޅަށް ނަންކިޔައިފިއެވެ.

މި ކަން އިއުލާން ކޮށް ވިކްރާންތް ގެ ސޯޝަލް މީޑިއާގައި މި ކުޑަ އާއިލާ އާއި އެކުގައި ޕޯސްޓެއް ހިއްސާ ކުރަމުން ބުނެފައިވަނީ އެމީހުންގެ ކުޑަކުޑަ ދަރުފުޅުގެ ނަމަކީ ވަރްދާން ކަމަށެވެ. އެމީހުންނަށް ދަރިއަކު ލިބިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައިއެވެ.

 

View this post on Instagram

 

A post shared by Vikrant Massey (@vikrantmassey)

"ޓްވެލްތު ފެއިލް" ގައި ދެއްކި މޮޅު އެކްޓިންގެ ސަބަބުން ދާދި ފަހުން ބޭއްވި ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރު ކްރިޓިކް އެވޯޑް ލިބުނު ވިކްރާންތު މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭނަގެ އެކްޓިން ކެރިއަރު ފެށުނީ ޓީވީ ސިލްސިލާތަކުންނެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކްރާންތު، 36، އާއި ބަތަލާ ޝީތަލް، 32، ކައިވެނިކުރީ 2022 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.