ތ.ގުރައިދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ތ.ގުރައިދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 02:21
0

ތ.ގުރައިދޫއަށް ލަފާ ފުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށް ދާމުގައި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކަމުގައި އެމްޓީސީސީން ބުނެއެވެ.

މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46,015,831.72 ރުފިޔާ އަށެވެ.

ގުރައިދޫގެ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިއެއްބަސްވުމުގެ ދަށުން އެމްޓީސީސީން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ލުން، ބޮޑު ހިލަ ބޭނުންކޮށްގެން ނެރުފައިކަށި ޖެހުން. 370 މީޓަރުގެ އެއްގަމު ތޮށި ހެދުން. އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުން. ބަނދަރުގެ އެއްގަމު ތޮށީގައި ޑްރެއިނޭޖް ލުން. 18 ބަނދަރު ބައްތި ހަރުކުރުން. ދެ ނެރުބައްތި ހަރުކުރުން. ބަނދަރުގެ އެއްގަމު ތޮށީގައި ފަސް މީޓަރު ފުޅާ މިނުގައި ޕޭވްމަންޓު ހެދުން އަދި ބަނދަރު އަދި ނެރު ފުންކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.