ށ. އަތޮޅު ފަޅުރަށަކުން މިއަދު ފެނުނު ކިނބުލާވެސް އެމްއެންޑީއެފްއިން ހަވާލުވެއްޖެއެވެ. މިއަދު ފެނުނު މި ކިނބޫ ފެނިފައިވަނީ ށ. އަތޮޅު ފަރުކޮޅު ނަމަކަށް ކިޔާ ފަޅު ރަށަކުންނެވެ.
އެމްއެންޑިއެފް ވިދާޅުވެފައިވަނީ، ކިނބޫ މިހާރު އެމްއެންޑިއެފް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މިފެންނަ ކިނބޫތައް އާންމު ގޮތެއްގައި ރާއްޖެއިން ބޭރަށް ދޫކޮށްލަނީ ކަމުގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން އެނގޭ ގޮތުގައި ކިނބޫ ފެނިފައިވަނި އެރަށުގެ އެއްގަމުންނެވެ.
އެހެންނަމަވެސް ކިނބޫ ހިފަ ކުރި މަސައްކަތުގެ ތެރޭގައި އޭތި މޫދަށް ފައިބައިގެން ދިޔަތަންވެސް ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯއިން އެނގެންހުރެއެވެ. އެހެންނަމަވެސް ފަހުން ޑިންގީގައި ބަޔަކުގޮސް ވަނީ ކިނބޫ ހިފާފައެވެ.
މައުލޫމާތު ލިބުނު ގޮތުގައި ކިނބޫ އެންމެ ފުރަތަމަ ފެނުނީ އެރަށަށް ދަތުރުގޮސް އުޅުނު ބަޔަކަށެވެ.
ދ. އަތޮޅުގެ ރިސޯޓަކުންވެސް ފާއިތުވި ހަފްތާގައި ވަނީ ކިނބުލެއް ފެނިފައެވެ.
ކިނބޫ ފެނިފައިވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުންނެވެ.
ކޮމެންޓު ފޮނުވާ