ފްލެޓް ލިސްޓް އަލުން ބަލާ، ރިވިވް ކުރާނީ އިތުބާރު ހުރި، މިނިވަން ކޮމިޓީއަކުން: ރައީސް

ފްލެޓް ލިސްޓް އަލުން ބަލާ، ރިވިވް ކުރާނީ އިތުބާރު ހުރި، މިނިވަން ކޮމިޓީއަކުން: ރައީސް

ކުރީ ސަރުކާރުން އެކަށައެޅި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި ގުޅޭގޮތުން ސަރުކާރަށް ވަކި ގޮތެއް ނުނިންމިގެން އުޅެނީ އޭސީސީން އަދިވެސް ޕޯޓަލްއަށް އެކްސެސް ނުދޭތީ ކަމަށާއި، އޭސީސީގެ ތަހުގީގު ނިމުމުން އެލިސްޓް އަލުން ބަލާ ރިވިވް ކުރާނީ މިނިވަން ކޮމިޓީއަކުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި މިރޭ އެމަނިކުފާނާ އާންމު ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފްލެޓް ލިސްޓް އާންމުވެސް ނުކުރެވިގެން އުޅެނީ ފްލެޓް ލިސްޓުގެ ޕޯޓަލްއަށް އަދިވެސް އޭސީސީން އެކްސެސް ނުދީގެން ކަމަށާއި، ފްލެޓް ހައްގުވަނީ ކޮންފަރާތްތަކަކަށްކަންވެސް ސަރުކާރަށް ކަނޑައެޅޭނީ ފްލެޓް ލިސްޓްގެ ޕޯޓަލްއަށް އޭސީސީން އެކްސެސް ދިނުމުން ކަމުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އޭސީސީން ޕޯޓަލްއަށް އެކްސެސް ދިނުމުން، ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅާނީ މިނިވަން ކޮމިޓީއެއް އެކުލަވާލައިގެން ކަމަށާއި، އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު ލިސްޓުން އުނިވާ ފަރާތްތަކަށްވެސް އެހެން ގޮތްތަކެއް ސަރުކާރުން ހޯއްދަވާ ދެއްވާނެ ކަމަށެވެ.

މުޖުތަމައުތެރޭގަ މީހުން ބަލައިގަންނަ، އިތުބާރުކުރާ.. ރައްޔިތުންގެ ތެރޭގައި އިތުބާރު ލިބިފައިވާ ރަގަޅު ބޭފުޅުންކޮޅެއްގެ މައްޗަށް ހިމެނޭ ކޮމިޓީއެއްވެސް އުފައްދަން. މާނައަކީ އިތުބާރު ގެންނަން ބޭނުން، އަޅުގަޑުމެން ކުރާކަމެއް އެއީ ސަރުކާރުގެ ތެރެއިން އަމިއްލައަމިއްލައަށް ކުރާކަމަކަށް ނަހަދާން ވެގެން.

ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފެއްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައެވެ. އެގޮތުން މި ސަރުކާރުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން ގެދޮރު އެޅުމުގެ އެކިއެކި މަޝްރޫޢުތައް މާލޭސިޓީ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *