ބްރޫނާއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނަށް ރައީސް ތަހުނިޔާ ‌‏ފޮނުއްވައިފި‏

ބްރޫނާއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނަށް ރައީސް ތަހުނިޔާ ‌‏ފޮނުއްވައިފި‏

Author
ހުސެއިން
24 ފެބްރުއަރީ 2024 09:31
0

ބްރޫނާއީ ދާރުއްސަލާމްގެ 40 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރަސްގެފާނު ސުލްޠާން ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށް، ‌‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއާއި ބްރޫނާއީއާ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ އަޚުވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، މި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ބްރޫނާއީ ދާރުއްސަލާމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.