ރަމަޟާން މަހުގެ ފަހު ދިހައެއްގައިވެސް ބީއެމްއެލްއިން ޚިދުމަތްދޭނެ

ރަމަޟާން މަހުގެ ފަހު ދިހައެއްގައިވެސް ބީއެމްއެލްއިން ޚިދުމަތްދޭނެ

Author
ހުސެއިން
23 ފެބްރުއަރީ 2024 10:55
0

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައިވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބެންކުތަކުން ޚިދުމަތްދޭނެ ކަމަށް އެ ބެންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނެފައި ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބޭންކުން ޚިދުމަތް ދޭނެ ކަމުގައެވެ.

ރަމަޟާން މަހުގެ އެހެން ދުވަސްތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު އެ ބެންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހެނދުނު 9:30އިން މެންދުރު 12:00އަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ރޯދަމަހު ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބީއެމްއެލްއިން ވަނީ ރަމަޟާން މަހު އިންޓަނެޓް ބޭންކިންނާއި ބީއެމްއެލް އެޕް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް އެދިފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.