އިންތިޚާބުގައި ވާދަކުރާ 1،200 ކެންޑިޑޭޓުންގެ ހައްގުވަނީ ނިގުޅައިގަނެފަ: އިދިކޮޅު

އިންތިޚާބުގައި ވާދަކުރާ 1،200 ކެންޑިޑޭޓުންގެ ހައްގުވަނީ ނިގުޅައިގަނެފަ: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 01:30
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު ކޯލިޝަނުން ވާދަކުރާ 1،200 އަށް ވުރެ ކެންޑިޑޭޓުންގެ ހައްގު ސަރުކާރުން ނިގުޅައިގަނެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިއަދު ފެންނަމުންދާ މަންޒަރުތަކުން ކައުންސިލް އިންތިޚާބު މިނިވަންކަމާއިމެދު ބޭއްވިދާނެކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އެތައް ކެންޑިޑޭޓުންގެ ރަށު ބަންދުގައި ބައިތިއްބައި ވަކި ބަޔަކަށް ކެންޕެއިންކޮށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ދެމުންދާއިރު، މިއީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. މިއަދު ވެރިކަން ކުރަމުންދާ ފަރާތަކީ ދުނިޔޭގެ އެންމެ ޚުދުމުހުތާރު ސިފަތަކާއިއެކު، ވެރިކަން ކުރަމުންދާ ސަރުކާރުކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ފެނިގެންދަނީ ކައުންސިލް އިންތިޚާބު ގާތްވަމުންދާއިރު، އިދިކޮޅު ފަރާތްތަކަށް ފުރުސަތު ހަނިކޮށް، ސަރުކާރުން ކެންޕެއިން ކުރަމުންދާ މަންޒަރުކަމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ވަރަށް ފުޅާކޮށް ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް ގައިދުރު ކަމާއިއެކު ކެންޕެއިންކޮށް ބޮޑެތި އިންތިޚާބުތައް ނިންމާލާފައިވާއިރު، ރާއްޖެއިން ފެނިގެންދަނީ މިއާއި ދިމާ އިދިކޮޅަށް މުޅި ސަރުކާރުން އިދިކޮޅު ހުއްޓުވުމަށް މަސައްކަތް ކުރާ މަންޒަރުކަމަށެވެ. އަދި މިއަދު އެޗްޕީއޭވެސް ފެނިގެންދަނީ ސަރުކާރު ނަގަހައްޓާ ސަރުކާރަށް ބާރުދޭ ގޮތްޕެއްގެ ގޮތުގައިކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް ޞާލިހުއާއި، ދައުލަތުގެ ކުންފުނިތަކުގެ، އިސްވެރިން ސިޔާސީ މަގްސަދުތައް ހާސިލު ކުރުމަށް ރަށްރަށަށް ވަޑައިގެން އެއްވެސް ގައިދުރު ކަމެއްނެތި، ކެންޕެއިން ހަރަކާތްތައް ދަނީ ހިންގަމުން، ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެފުރުސަތު އެއްވެސް ވަރަކަށް ނުދޭ، މިއީ އިދިިކޮޅު ކޯލިޝަނުން މިއަދު ނުހަނު ކަންބޮޑުވާކަމެއް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިކަންކަމާއި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމަކަށް.

– ހީނާ ވިދާޅުވިއެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމުގައިވާ އަހުމަދު އައިފާން ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އެތައް ހައްގެއް ނިގުޅައިގަތުމަށްފަހު ބާއްވާ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ނުވާނެކަމަށެވެ. ރިސޯޓްތަކާއި، ރާއްޖެއިން ބޭރުގައި ތިބި ދިވިހިން ވޯޓު ލުމުން މަހުރޫމްކޮށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައި ގަތުމަކީ ސަރުކާރަށްވެސް އަދި އިލެކްޝަން ކޮމިޝަނަށްވެސް ލިބިގެންވާ ހައްގެއް ނޫންކަމަށެވެ. މިކަންކަމަކީ މިއަދު އިދިކޮޅުގައި ތިވި ޚާއްސަކޮށް ކެންޑިޑޭޓަކަށްވެ ހުރެ ނުހަނު ކަންވޮޑުވާ ކަމެއްކަމަށް އައިފާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.