ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3″ ރާއްޖޭގައި ބަނދަރު ކޮށްފި

ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3″ ރާއްޖޭގައި ބަނދަރު ކޮށްފި

ގުޅުންހުރި

ދިރާސާތަކަށް ޗައިނާއިން ބޭނުންކުރަމުންދާކަމަށް ބުނާ އެގައުމުގެ ރިސާޗް އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3″ މިއަދު ރާއްޖޭގައި ބަނދަރު ކޮށްފިއެވެ.

މި އުޅަނދު ރާއްޖެއަށް ދަތުރުކުރަމުންދާތީ ފާއިތުވެދިޔަ 2 މަހެއްހާ ދުވަހު، މިއުޅަދާއި ގުޅޭގޮތުން ތަފާތުވާހަކަތައް ވަނީ ދެކެވިގެން ގޮސްފައެވެ. އަދި މިއުޅަނދު ރާއްޖެއަށް ދަތުރުކުރާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި އުޅަނދަކީ، އިންޑިއާގެ ކަންބޮޑުވުމާހެދި، މީގެކުރިން، ސްރީލަންކާގެ އެސްއީޒެޑަށް ވަނުމަށް އެގައުމުން ހުއްދަދީފައި ނުވާ އުޅަނދެއްކަންވެސް މީޑިއާތަކުގައި ހުރި މައުލޫމާތުތަކުން ވަނީ އެނގިފައެވެ.

މުއުޅަނދު ރާއްޖެއަށް ދަތުރު ކުރަމުންދިއުމުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން، ފާއިތުވި ޖެނުއަރީމަހުގެ 23 ވަނަ ދުވަހު ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3″ ރާއްޖޭގައި ބަނދަރު ކުރިޔަސް އެ އުޅަނދު ރާއްޖޭގައި އެއްވެސް ދިރާސާއެއް ކުރިއަށް ނުގެންދާނޭކަމަށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އޭރު ބުނީ، ޗައިނާގެ އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރިނަމަވެސް އެ އުޅަނދަށް ހުއްދަ ދީފައިވަނީ ހަމައެކަނި އެއަށްބޭނުންވާ އަސާސީ ތަކެތި ލެބޭގޮތަށް ކަމަށެވެ. އަދި އުޅަނދު ރާއްޖޭގައި އޮންނަ މުއްދަތުގައި އެއްވެސް ދިރާސާއެއް ކުރިއަށް ނުގެންދާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީން ދީފައި ވެއެވެ.

އެ މިނިސްޓްރީން ބުނީ، ރާއްޖެއަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއްކަމަށެވެ. އަދި ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށްވެސް ރާއްޖެއިން އަބަދުވެސް ޚިދުމަތް ދޭކަމަށް މިނިސްޓްރީން ބުންޏެވެ.

އެމިނިސްޓްރީން ބުނީ މިކަމުގެ ސަބަބުން ރާއްޖެއާއި އެހެނިހެން ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުން ވަރުގަދަވުމުގެ އިތުރުން، އެހެން ޤައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް ފެންނާނެކަމަށެވެ.

މިފަދަ ކަންކަމުގައި ރާއްޖެއިން އަބަދުވެސް އަމަލުކުރަމުންދަނީ ބައިނަލްއަޤްވާމީ އުސޫލުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ހަމަތައް ހިފަހައްޓައިގެންކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ވަރަށް ބޮޑުތަކުން ވަނީ ކުރިއަރައިގެން ގޮސްފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މައްސަލާގައި، ރާއްޖެއާއި އިންޑިއާއާދެމެދު އޮތް ގުޅުންތަކަށްވަނީ ނޭދެވޭ އަސަރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ