"އެކްސަސައިޒް ދޯސްތީ"ގައި ބައިވެރިވުމަށް ލަންކާގެ ނޭވީގެ މަނަވަރެއް ރާއްޖެ އަތުވެއްހެ

"އެކްސަސައިޒް ދޯސްތީ"ގައި ބައިވެރިވުމަށް ލަންކާގެ ނޭވީގެ މަނަވަރެއް ރާއްޖެ އަތުވެއްހެ

Author
ހުސެއިން
22 ފެބްރުއަރީ 2024 12:26
0

"އެކްސަސައިޒް ދޯސްތީ"ގެ ނަމުގައި އެމްއެންޑީއެފްއިން ބާއްވާ އަސްކަރީ ތަމްރީނެއްގައި ބައިވެރިވުމަށް ލަންކާއާއި އިންޑިއާގ ނޭވީގެ ދެމަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ފެބްރުއަރީ މަހުގެ 22 އިން 25 އަށް ކުރިއަށްގެންދާ ޓްރައިލެޓަރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ-16″ ގައި އިންޑިއާ އާއި ސްރީލަންކާއިން ބައިވެރިވާ އުޅަނދުތަކަށް އެމްއެންޑީއެފުން މަރުހަބާ ކިޔާފައިވާ ކަމުގައެވެ. ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑުންނާއި ބަންގްލަދޭޝްގެ އޮބްޒާވަރުން ބައިވެރިވެއެވެ.

"ދޯސްތީ" ގެ ނަމުގައި ބާއްވާ ޓްރައިލެޓަރަލް އެންގޭޖްމަންޓްގެ 15 ވަނަ އެޑިޝަނަކީ ކޮންމެ ދެ އަހަރަކުން ކުރިއަށް ގެންދާ ހަރަކާތެކެވެ. 2021 ވަނަ އަހަރަކީ މި މެރިޓައިމް ޑްރިލްތައް އެންމެ ފުރަތަމަ ތައާރަފްކުރިތާ 30 އަހަރު ފުރުނު އަހަރެވެ.

ޓްރައިލެޓަރަލް އެކްސަސައިޒް "ދޯސްތީ" ގެ މަގްސަދަކީ އިންޑިއާ، ރާއްޖެ އަދި ސްރީލަންކާގެ ކޯސްޓްގާޑުގެ ސިފައިންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން ބަދަހިކުރުމާއި، ދެގައުމުގެ ހިންގުމުގެ ގާބިލްކަން އިތުރުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.