އަސާސީތަކެތި ގެނައުމަށްވެސް އެމްއެމްއޭއަށް ޑޮލަރު ދޫނުކުރެވޭ، މިއީ ކަންބޮޑުވުމެއް: ބޮންޑޭ

އަސާސީތަކެތި ގެނައުމަށްވެސް އެމްއެމްއޭއަށް ޑޮލަރު ދޫނުކުރެވޭ، މިއީ ކަންބޮޑުވުމެއް: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 12:04
0

ބާޒާރުމަތީގައި އަސާސީ ކާޑުގެ ބާވަތްތައް ވިއްކަމުންދާ އަތޮޅު ތެރޭގެ ފިހާރަތަކަށް އެމްއެމްއޭއިން ދޭނެކަމަށް ވައުދު ވެފައިވާ ޑޮލަރު ހަމަނުޖެހި އެފަރާތްތަކުގެ ވިޔަފާރިތައް ބަގުރޫޓްވުމާއި ދިމާލަށް ދާކަމީ ކަންބޮޑުވާ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބާޒާރު މަތީގައި ވިޔަފާރި ކުރަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އަތޮޅު ތެރޭގެ ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލާ ބޮންޑޭ ވިދާޅުވީ ކީވިޑް19 އާއި ގުޅިގެން ބޭންކުތަކަށް ދޫކުރާ ޑޮލަރުން އަސާސީ ކާޑުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް އިސްކަންދޭން އެމްއެމްއޭއިން ޝަރުތުކުރި ނަމަވެސް، ވެފައިވާ ވައުދު ތަންފީޒު ވަމުންދާތަން ނުފެންނަކަމަށެވެ. އެގޮތުން ސ.އަތޮޅު ފިހާރައިން އަލުވި ފިޔާ ބިސް އެތެެރެ ކުރާން އެދުނު 4182 ޑޮލަރުން އެ ފަރާތައް ވެސް ލިބޭނެ ކަމަށް ދެންނެވި ނަމަވެސް ފަހު ވަގުތު ދީފައިވަނީ އެންމެ 410 ޑޮލަރު ކަމުގައެވެ.

އާންމު ވިިޔަފާރިތަކަށް ދިމާވާ މައްސަތަކަށް ހައްލު ހޯދުމަށް މަޖިލިސް ތެރެއިންވެސް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ މެމްބަރު ބޮންޑޭ ވިދާޅުވީ ބޮޑެތި ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަންޖެހޭ ބޭރު ފައިސާގެ 3 ބިލިއަނަށްވުރެ ގިނަ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށް ބާރުނާޅާ ކުދި މެދު ފަންތީ ވިޔަފާރީގެ ޑޮލަރު އައުޓްފްލޯ ކޮންޓްރޯލްކުރުމުން ވިޔަފާރިތައް ބަނގުރޫޓުވެ ބާޒާރު ފިހާރަތައް މިއަދު ބަންދު ކުރާ ހިސާބަށް ގޮސްފައިވާކަމަށެވެ. މިކަން ހައްލު ކުރެވޭނީ ހުރިހާ ފަރާތްތަކުން ގުޅިގެން މައްސަކަޔަށް ހައްލު ހޯދުމަށް މަަސައްކަތް ކޮށްގެން ކަމުގައި ބޮންޑޭ ވިދާޅުވިއެވެ.

ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާއާއި ދިވެހި ރުފިޔާ ލިކުއިޑިޓީގެ ދަތިކަން ހައްލުކުރުމަށް ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާރވް ރިކުއަޔަރމަންޓް (އެމްއާރްއާރް)ގެ ޢަދަދުވެސް އެމްއެމްއޭއިން ދައްކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި ކުރިން ހުރި %10 މިހާރު ވަނީ %7.5އަށް ދަށްކޮށްފައެވެ. އަދި ޖުލައިމަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް %7.5އިން %5އަށް ދަށްކޮށްފައިކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.