ސިޔާސީ ދާއިރާއަށް އީޝާ ވަރަށް ޝައުގުވެރިވޭ: ހެމާ

ސިޔާސީ ދާއިރާއަށް އީޝާ ވަރަށް ޝައުގުވެރިވޭ: ހެމާ

ބޮލީވުޑްގެ ކުރީގެ ބަތަލާ އީޝާ ޑިއޯލް ސިޔާސީ ދާއިރާ އަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އޭނާ ގެ މަންމަ އަދި ކުރީގެ ބަތަލާ ހެމާ މާލިނީ ބުނެފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަލީހުގެ ތިރިގެ، ލޯކް ސަބާގެ މެންބަރެއްގެ ގޮތުގައި ހުރި ހެމާ މީޑިއާތަކަށް ބުނީ ކައިރި މުސްތަގުބަލެއްގައި ދަރިފުޅު ސިޔާސީ ދާއިރާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ބޮލީވުޑް އިން މާބޮޑު ކާމިޔާބެއް ނުލިބުނު ބަތަލާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ އިޝާ އަކީ ހެމާ އާއި މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ދަރިއެކެވެ. ނަމަވެސް މައިންބަފައިން ފަދައިން އެކްޓިންގ ކެރިއަރު އޭނާ އަށް ބިނާއެއް ނުކުރެވެއެވެ.

ހެމާ ބުނީ ބުނީ އީޝާ ސިޔާސީ ދާއިރާ އަށް ވަންނަން ނިންމާ ހިސާބުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަމަށެވެ. ދަރޭ އަކީ އަކީ ވެސް ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ތަރިއެކެވެ.

 

View this post on Instagram

 

A post shared by ESHA DEOL (@imeshadeol)

އެއާއި އެކުގައި 2012 ވަނަ އަހަރުގައި ވިޔަފާރީ ވެރިއެއްކަމުގައިވާ ބާރަތް ތަކްތޭނާއާއި ކައިވެނި ކުރުމަށްފަހު އޭނާ ވަނީ ބޮލީވުޑް އިން ގެއްލިފައިއެވެ. ނަމަވެސް ދެކުދިންވެސް ލިބުން ފަހުން މިދިއަ މަހުގައި އެކައިވެނި ރޫޅީފައިވާ ކަމަށް ވަނީ އިއުލާން ކޮށްފައިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *