ވަރުން އާއި ޖާންވީގެ ދެވަނަ ފިލްމް އިއުލާން ކޮށްފި

ވަރުން އާއި ޖާންވީގެ ދެވަނަ ފިލްމް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
24 ފެބްރުއަރީ 2024 07:45
0

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ ވަރުން ދަވަން އާއި ޖާންވީ ކަޕޫރު އެކުގައި ފެނިގެންދާ ދެވަނަ ފިލްމް އިއުލާން ކޮށްފިއެވެ.

ދެ ތަރިން އެކުގައި ފެނިގެންދާ ދެވަނަ  ދެ ތަރިން ވެސް ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

ވަރުން ބޮލީވުޑްއަށް ތައާރަފްވީ "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން 2012 ވަނަ އަހަރުގައިއެވެ. އެ ފިލްްމަކީ މިހާރު ގެ މަޝްހޫރު ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ސިދާންތް މަލޯތްރާ ވެސް ބޮލީވުޑް އަށް ތައާރަފްވި ފިލްމްއެވެ.

އަނެއްކޮޅުން ޖާންވީވެސް ބޮލީވުޑްއަށް ތައާރަފްވީ ކަރަންގެ ދަރްމާގެ ފިލްމް އަކުންނެވެ. އެފިލްމް އަކީ 2018 ވަނަ އަހަރުގެ ފިލްމް "ދަޅަކް"އެވެ. އެ ފިލްމްއިން ޖާންވީ އާއި އެކުގައި ބޮލީވުޑްއަށް ޝާހިދު ކަޕޫރު ގެ ކޮއްކޮ އިޝާން ކައްޓަރުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.