ރަކުލް އާއި ޖެކީ ކައިވެނިކޮށްފި

ރަކުލް އާއި ޖެކީ ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
22 ފެބްރުއަރީ 2024 10:18
0

ބޮލީވުޑްގެ ދެތަރިން ކަމުގައިވާ ޖެކީ ބަގްނާނީ އާއި ރަކުލް ޕްރީތް ސިންގް މިއަދު ކައިވެނިކޮށްފި އެވެ.

މި އަހަރު ކައިވެނި ކުރާނެ ކަން މި އަހަރު ކުރީކޮޅު އިއުލާން ކުރި ދެތަރިންގެ ކައިވެނި ކުރެވިގެންދިއައީ ހިންދޫ ދީނުގެ ސަގާފަތާއި އާދަކާދައާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެ ކައިވެންޏަކީ އެވާރްމެންޓް ފްރެންޑްލީ ކައިވެންޏަކަށް ހަދާނެ ކަމަށް މައުލޫމާތު ލިބެއެބެވެ.

އެ މީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް މިއަދު ބޭއްވީ ގޯއާގަ އެވެ. މި ހަފުލާގައި ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި އެވެ. ރަކުލް، 33، އާއި ޖެކީ، 39، ކައިވެނިކޮށްފައި މި ވަނީ ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސް ފަހުންނެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

ޖެކީ އަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދަރިއެކެވެ. އާއިލީ ފިލްމު ކުންފުނި، ޕޫޖާ އެންޓަޓައިންމަންޓް ހިންގުމުގައި މިހާރު އެންމެ އިސްކޮށް އުޅެނީ ޖެކީ އެވެ. އަނެއްކޮޅުން ރަކުލް އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ބަތަލާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.