ގދ. ތިނަދޫ ފަޅުގައި އަޅަން ސަރުކާރުން މިރޭ ސޮއިކުރި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓް އަޅަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހޭދައެއް ކޮށްގެން ނޫން ކަމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް، ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހިންގާ 600 މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގައި ސޮއި ކުރެއްވީ މިރޭ ތިނަދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ ގދ. އަތޮޅަށް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ މުހިންމުކަން ބޮޑުވަނީ އެއަތޮޅަކީ މާލެއާއި ދުރުގައި އޮންނަ އަތޮޅަކަށް ވާތީކަމުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންޓްރެކްޓަރު ވަނީ އެ ސަރަހައްދުގައި 12 ރިސޯޓު ތަަރައްގީ ކުރަން ވެސް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ސަބަބުން އެތައް އެނދެއް އެތަނުގައި ގާއިމުކޮށް، ހުވަދު އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
މިއާ އެކު މިތަނަށް ވަރަށް ގިނަ އެނދުތަކާއި ރިސޯޓުތައް އެބަ އާދޭ. މި ކޮންޓްރެކްޓާ އެކަނި ވެސް 12 ރިސޯޓެއް ތަަރައްގީ ކުރަން ހުށަހަޅާފައިވޭ. މިއީ 2،400 އަށް ވުރެ ގިނަ އެނދު. އެހެން ކަމުން މިއީ ހުވަދު އަތޮޅަށް ލިބޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު.
މުއްތޮލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ތިނަދޫ ފަޅުގައި އަޅާ އެއަރޕޯޓަކީ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއަކާއެކީ އަޅާ އެއަރޕޯޓެއް ކަމަށާއި، މިމަޝްރޫޢާއެކީ ގިނަ އެނދުތަކާއި ރިސޯޓްތަކެއްވެސް އެ ސަރަހައްދަށް އަންނާނެ ކަމުގައެވެ.
މުއްތަލިބު ވިދާޅުވީ މިމަޝްރޫޢު ވެގެންދާނީ މިހާތަނަށް ހުވަދު އަތޮޅަށް އަންނަ އެންމެ ބޮޑު މަޝްރޫއަށް ކަމުގައެވެ.
މި މަޝްރޫއުގެެ ދަށުން ތިނަދޫގައި ނުވަތަ ސަރުކާރު ހަމަޖައްސާ ފަޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި ޓުރިޒަމް ސިނާއަތާއި އެހެނިހެން އިގްތިސޯދީ ކަންކަން އިންވެސްޓްކޮށް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި މި އިންވެސްޓްގްމެންޓްތައް ހިންގުމަށް މަގުފަހިވާ ވަސީލަތްތައް ގާއިމް ކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ