ތިނަދޫ ފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ތިނަދޫ ފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

Author
ހުސެއިން
20 ފެބްރުއަރީ 2024 11:18
0

ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓެއް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކޮށްފިއެވެ.

ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް ހިންގާ 600 މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގައި ސޮއި ކުރެއްވުމަށްފަހު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ ގދ. އަތޮޅަށް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ މުހިންމުކަން ބޮޑުވަނީ އެއަތޮޅާކީ މާލެއާއި ދުރުގައި އޮންނަ އަތޮޅަކަށް ވާތީކަމުގައެވެ.

މި އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެން ދިއުމަކީ މި އަތޮޅު ވަރަށް ބޮޑަށް ތަރައްގީވެގެން ދާނެ ކަމެއް ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން،.

މުއްތަލިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިނަދޫ ފަޅުގައި އަޅާ އެއަރޕޯޓަކީ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއަކާއެކީ އަޅާ އެއަރޕޯޓެއް ކަމަށާއި، މިމަޝްރޫޢާއެކީ ގިނަ އެނދުތަކާއި ރިސޯޓްތަކެއްވެސް އެ ސަރަހައްދަށް އަންނާނެ ކަމުގައެވެ. އެގޮތުން މި ކޮންޓްރެކްޓަރ އެކަނި 12 ރިސޯޓެއް ތަރައްގީ ކުރަން ހުށަހަޅާފައިވާ ކަަމަށާއި، އެއީ 2،400 ގިނަ އެނދު ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ މިމަޝްރޫޢު ވެގެންދާނީ މިހާތަނަށް ހުވަދު އަތޮޅަށް އަންނަ އެންމެ ބޮޑު މަޝްރޫއަށް ކަމުގައެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް އާއެވެ.

މި މަޝްރޫއުގެެ ދަށުން ތިނަދޫގައި ނުވަތަ ސަރުކާރު ހަމަޖައްސާ ފަޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި ޓުރިޒަމް ސިނާއަތާއި އެހެނިހެން އިގްތިސޯދީ ކަންކަން އިންވެސްޓްކޮށް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި މި އިންވެސްޓްގްމެންޓްތައް ހިންގުމަށް މަގުފަހިވާ ވަސީލަތްތައް ގާއިމް ކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.