މަޝްހޫރު ޑްރާމާ ސިލްސިލާ ތަކުން މަގުބޫލުކަން ހޯދައިފައިވާ މަޝްހޫރު އެކްޓަރެއް ކަމަށްވާ ރިތުރާޖް ސިންގް މިއަދު މަރުވެއްޖެ އެވެ.
އުމުރުން 59 އަހަރުގައި ރިތުރާޖް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ޖެހިގެންކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ. އޭނާ މަރުވީ ދަންވަރުގެ ވަގުތެއްގައި ފަރުވާ ދެމުން ދަނިކޮންނެވެ.
ގިނައިން ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާ ރީތުރާޖް ގިނައިން ފެންނަނީ ބޭބެ ނުވަތަ ބައްޕަގެ ރޯލުންނެވެ. ރިތުރާޖް އަކީ އިންޑިއާގައި މިހާރު އެންމެ މަގުބޫލު ހިންދީ ޑްރާމާ ކަމަށްވާ، ސްޓާ ޕްލަސް އިން ގެނެސްދޭ "އަނުޕާމާ"ގައި ވެސް ރޯލެއް ކުޅޭ އެކްޓަރެކެވެ. އޭނާ އެ ޑްރާމާ އާއި ގުޅުނީ ވަރަށް ފަހުންނެވެ.
ރިތުރާޖް ރޯލުތައް ކުޅުނު މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި "ދިޔާ އޯރު ބާތީ ހަމް"، "ހިޓްލަރު ދީދީ"، "އާހަޓް"، "އަދާލަތު"، "ކަހާނީ ގަރް ގަރް ކީ"، "ބޭއިންތެހާ" އަދި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ވެސް ހިމެނެ އެވެ. މީގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމްތަކުން ވެސް ފެނިގެން ގޮސްފައިއެވެ. އެގޮތުން "ބަދުރީނާތު ކީ ދުލްހަނިޔާ"، "އާޝިގީ"، "ތަޑަޕް" އަދި "ސަތުޔަމެވަ ޖަޔަތީ" ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ