ބާފްޓާ އެވޯޑްސްގެ ޕްރެޒެންޓަރަކަށް ދީޕިކާ

ބާފްޓާ އެވޯޑްސްގެ ޕްރެޒެންޓަރަކަށް ދީޕިކާ

Author
ފާތިމަތު ނާވީ
23 ފެބްރުއަރީ 2024 11:32
0

މި އަހަރުގެ ބްރިޓިޝް އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބާފްޓާ) އެވޯޑު ޕްރެޒެންޓް ކުރުމުގެ ޝަރަފު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އަށް ލިބިއްޖެއެވެ.

މިއީ އޭނާ އަށް އައު ކަމެއް ނޫންވެ. އެގޮތުން ދީޕިކާ ވަނީ މިދިޔަ އަހަރު ބޭއްވި އޮސްކާ އެވޯޑްސްގައި ވެސް އެވޯޑެއް ޕްރެޒެންޓްކޮށްފަ އެވެ. އެހެން ކަމުން ދީޕިކާ އަށް ބަފްޓާ ހޯސްޓް ކުރުމަކީ މާ އުދަގޫ ކަމަކަށް ވާނެ ކަމަކަށް ނުބެލެވެއެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދީޕިކާއާ އެކު މި އަހަރުގެ ބާފްޓާ އެވޯޑްސް ޕްރެޒެންޓްކުރާ މަޝްހޫރު ތަރިންގެ ތެރޭގައި ޑޭވިޑް ބެކަމް، ކޭޓް ބްލެންޝެޓް، ލިލީ ކޮލިންސް، ހިއު ގްރާންޓް އަދި ދުއާ ލިޕާ ވެސް ހިމެނެ އެވެ.

ބާފްޓާ އެވޯޑްސްގައި ޕްރެޒެންޓްކުރުމުގެ ފުރުސަތު ލިބުނުކަން ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ވެސް އިއުލާންކޮށްފަ އެވެ. އަދި އެކަމާއި ވަރަށް އުފަލުން ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ. ބާފްޓާ އަކީ އިނގިރޭސިވިލާތުގެ ފިލްމުތަކާއި ސީރީޒްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.