އަރިއަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ދިޔަ ޓޫރިސްޓެއް ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އަރިއަތޮޅު ރިސޯޓެއްގައި ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން އެ ފަތުރުވެރިއާ ހޯދުމަށްޓަކައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ.
ގެއްލިގެން އުޅެނީ ކޮން ގައުމެއްގެ ޓޫރިސްޓެއް ކަމެއް އެމްއެންޑީއެފުން ނުބުނެ އެވެ. އަދި އެއީ ކޮން ރިސޯޓަކުން ގެއްލުނު ޓޫރިސްޓެއް ކަމެއް ވެސް އެމްއެންޑީއެފުން ނުބުނެއެވެ.
ކޮމެންޓު ފޮނުވާ