"ޔޯދާ" ގެ ޕޯސްޓަރު ދައްކައިލީ ފަޒާއިން

"ޔޯދާ" ގެ ޕޯސްޓަރު ދައްކައިލީ ފަޒާއިން

Author
ފާތިމަތު ނާވީ
20 ފެބްރުއަރީ 2024 10:20
0

ބޮލީވުޑްގެ ތަރި، ސިދާތު މަލްއުތުރާގެ އެކްޝަން ތުރިލާ "ޔޯދާ" ގެ ޕޯސްޓަރު ދައްކާލުން ތަފާތު ގޮތަކަށް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މި ފިލްމްގެ ޕޯސްތަރު ދައްކައިލުން ކުރިއަށް ގެންގޮސްފައިވަނީ "ސްކައި" ގައިއެވެ. މި ރަސްމިއްޔާތުގައި ސިދާތް ވެސް ވަނީ ބައިވެރި ވެފައިއެވެ. އެކްޝަން ފިލްމްއެއްގެ މަންޒަރަކަށް ދޫނުރާ ފަދަ ގޮތަށް ގެނެސްދީފައިވާ މި އިވެންޓް ހަގީގަތުގައިވެސް ވަރަށް ހާއްސައެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

 

"ޔޯދާ" އަކީ ސާގަރް އަމްބްރޭ އާއި ޕުޝްކާރް އޮޖާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީގައި ސިދާތާ އެކީ ބަތަލާއިންގެ ރޯލުން ފެންނާނީ ޑިޝާ ޕަޓާނީ އާއި ދެކުނުގެ ބަތަލާ ރާޝީ ކަންނާ އެވެ. އަދި "ޔޯދާ" ގެ ރޯލަކުން ސުނިލް ޝެޓީ ވެސް ފެންނާނެ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމަކީ އެ ސްޓޫޑިއޯ އަށް އޭނާ ކުޅެދޭ 7 ވަނަ ފިލްއެވެ. ސިދާތު އެންމެ ފަހުން ފެނިފައި ވަނީ މިދިއަ އަހަރުގެ ޖެނުއަރީ 20 ނެޓްފްލިކްސް އިން ޕްރީމިއާކުރި ސްޕައި ތުރިލާ "މިޝަން މަޖުނޫ" އިންނެވެ. ސިދާތު ބޮލީވުޑަށް ނުކުތީ ކަރަން ޑައިރެކްޓްކުރި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.