ބޮލީވުޑްގެ ލަވަ ކިއުންތެރިއާ އަދި ހޯސްޓް އަދިއްތިޔާ ނާރާޔަން މި ފަހުން ބޭއްވި ކޮންސެޓްއެއްގައި މައިކުން މީހެއްގެ ގައިގައި ޖެހުމަށް ފަހު އޭނާގެ ފޯން އޯޑިއެންސް އަށް އެއްލާލި މައްސަލައިގައި މީޑިއާއިން ސުވާލު ކުރުމުން ޖަވާބެއް ނުދިނެވެ.
މީ ވީޑިއޯ ވަނީ މުޅި ސޯޝަލް މީޑިއާގައި ވައިރަލް ވެފައިއެވެ. އަދި ގިނަ ބަޔަކު ވަނީ އަދިއްތިޔާގެ މި އަމަލުގެ ސަބަބުން ވަރަށް ބޮޑަށް ރުޅި އައިސްގެން އޭނާ އަށް އެއްޗެހިވެސް ކިޔައިފައިއެވެ.
މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ހުރީ ހަނެވެ. އެއަށް ފަހު ބުނީ އޭނާ އެމައްސަލައިފައިގައި ކޮމެންޓް ކުރަށް ބޭނުން ނުވާ ކަމަށާއި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއް ވާކަމަށެވެ.
ޗައްތިސްގަޅްގެ ކޮލެޖެއް ބޭއްވި މި ކޮންސެޓްގެ ވީޑިއޯ އާއި ފޮޓޯ ތަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވަނީ ވައިރަލް ވެފައިއެވެ. އަދި އަދިއްތިޔާ ވަނީ މިކަމުގައި ވަރަށް ގިނަ ބައެއްގެ ނުރުހުންވެސް ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ