ސާރާ އާއި ވަރަށް ވައްތަރު ކުއްޖެއް ފެނިއްޖެ

ސާރާ އާއި ވަރަށް ވައްތަރު ކުއްޖެއް ފެނިއްޖެ

Author
ފާތިމަތު ނާވީ
19 ފެބްރުއަރީ 2024 11:33
0

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ހާން އާއި ވަރަށް ވައްތަރު ކުއްޖެއް ފެނިއްޖެއެވެ.

މިދިއަ ހަފްތާގައި މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއައީ ސާރާ އާއި އޭނާ އާއި ވައްތަރުކަމަށް ބުނާ އިޝިކާ ޖައިވާނީއެވެ. އިޝިކާ އަކީ ސޯޝަލް މީޑިއާގައި މަޝްހޫރު ކުއްޖެކެވެ.

މިދިއަ ހަފްތާގައި މިދެމީހުން އެކުގައި ލޯބިވެރިން ދުވަސް ކަމުގައިވާ ފެބްރުއަރީ 14 ވަނަ ދުވަހުގައި ވަނީ ވީޑިއޯއެއް ނެރެފައިއެވެ. "ސިންގަލް" ކަމަށް ބުނެ ސޯޝަލް މީޑިއާއަށް ދޫކޮށްލި މި ވީޑީއޯގައި ސާރާ އާއި އެކުގައި ފެނިގެންދަނީ އިޝިކާއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

މީގެ ކުރިންވެސް ފިލްމީ ތަރިން އަދި ސެލެބްރްޓީންނާއި ވައްތަރުގެ މީހުން ފެނިފައި އެބަ ހުއްޓެވެ. އަދި ސޯޝަލް މީޑިއާގައި މިފަދަ މީހުން ސްޓާރުން ނަށް ހެދިގެން ފޮޓޯ އަދި ވީޑިއޯ އާންމުކުރުމުން އާންމުންގެ ބޮޑު ތަރުހީބެއް ލިބި މަޝްހޫރު ވެފައިވެސް އެބަހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.