ކެޓްރީނާގެ ފުރަތަމަ ހެއްވާމަޖާ ބިރުވެރި ފިލްމްގެ ޝޫޓިންގ ފަށައިފި

ކެޓްރީނާގެ ފުރަތަމަ ހެއްވާމަޖާ ބިރުވެރި ފިލްމްގެ ޝޫޓިންގ ފަށައިފި

Author
ޢަލީ އާދަމް
17 ޑިސެމްބަރ 2020 07:46
0

ކެޓްރީނާ ކައިފްގެ ފުރަތަމަ ހެއްވާމަޖާ ބިރުވެރި ފިލްމު "ފޯން ބޫތު" ގެ ޝޫޓިން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މި ފިލްމުގެ އެއް ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ވަނީ ފިލްމުގެ ޝޫޓިންގ ފެށުންކަން ހާމަކުރުމަށް ކްލެޕްބޯޑުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.

ކެޓްރީނާ އާއި އެކު މި ފިލްމުން ފެނިގެންދާނީ ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ސިދްހާންތު ޗަތުރްވެދީ އާއި އިޝާން ޚައްތަރެވެ.

ރިތޭޝް ސިދްވާނީ އާއި ފަރްހާން އަޚްތަރުގެ އެކްސެލް އެންޓަޓެއިންމަންޓުން ޕޮޑިއުސް ކުރާ މި ފިލްމުގެ  ޑައިރެކްޓަރަކީ ގުރުމީތު ސިންގެވެ.

 

View this post on Instagram

 

A post shared by Ritesh Sidhwani (@ritesh_sid)

ޝޫޓިންގ ފެށި ނަމަވެސް ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެ ތާރީހެއް އަދި ނޭނގެއެވެ.

"ފޯން ބޫތު"ގެ އިތުރުން ކެޓްރީނާގެ ކުރިއަށްހުރި މަސައްކަތް ތަކުގެ ތެރޭގައި އަލީ އައްބާސް ޒަފަރުގެ "ސުޕަ ސޯލްޖާ" ފާހަގަ ކޮށްލެވެއެވެ. ކެޓްރީނާ އެންމެ ފަހުންފެނުނީ ސަލްމާން ޚާނާއެކު ފިލްމު "ބާރަތު" އިން ނެވެ.

ފިލްމުގެ އަނެއް ދެ ތަރިންގެ ތެރެއިން ސިދްހާންތުގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭ "ބަންޓީ އޯރް ބަބްލީ 2″ ހިމެނެ އެވެ. އޭނާ އަދި މިހާތަނަށް ފެނުނީ ބޮލީވުޑަށް އޭނާ ނުކުއިތް ފިލްމު "ގަލީ ބޯއީ" އިން އެކަންޏެވެ.

އިޝާންގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭ "ޕިއްޕާ" ފާހަގަކޮށްލެވެ އެވެ. އޭނާ އެންމެ ފަހުން ފެނުނީ އަނައްނިޔާ ޕާންޑޭ އާއެކު "ޚާލީ ޕީލީ" އިން ނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.