ވިލަން ގެ ގޮތުގައި އަރުޖުން ފެންނާނެ ގޮތް

ވިލަން ގެ ގޮތުގައި އަރުޖުން ފެންނާނެ ގޮތް

Author
ފާތިމަތު ނާވީ
18 ފެބްރުއަރީ 2024 10:03
0

ކާމިޔާބު ފްރެންޗައިޒް ސިންގަމް ގެ ކުރިއަށް އޮތް ފިލްމް "ސިންގަމް އަގެއިން" ގެ ވިލަން ރޯލުން ފެނިގެންދާ އަރުޖުން ކަޕޫރު އެ ފިލްމްގައި ފެންނާނެ ގޮތުގެ ޕޯސްޓަރެއް އާންމުކޮށްފިއެވެ.

މި ޕޯސްޓަރުން އަރުޖުން ފެނިގެންދަނީ ވަރަށް ވެސް ވަރުގަދަ އެހާމެ ބިރުވެރި ގޮތަކަށެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އަރުޖުންގެ ލުކް ވައްތަރީ 2021 ގެ ފިލްމު "ޕުޝްޕާ" ގައި އައްލޫ އެރުޖުން ފެނުނު ގޮތާ އެވެ.

މިހާރު ޝޫޓިންގ ކުރިއަށް ދާ މި ފިލްމް ގެ ސެޓުގައި ނަގައިފައިވާ މި ފޮޓޯ ތަށް ވަނީ ވައިރަލް ވެފައިއެވެ. މީ މި ސިލްސިލާގެ 3 ވަނަ ފިލްމްގައި އަރުޖުން ހިއްސާވާކަން އެނގުމާއި އޭނާ އަކީ ވިލަން އެއްކަން އެނގުމަށް އާންމު ކުރި ފޮޓޯތަކެކެވެ.

 

View this post on Instagram

 

A post shared by Rohit Shetty (@itsrohitshetty)

"ސިންގަމް އެގެއިން" އަކީ ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކީ އަރުޖުން މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި އަހަރުގެ އޮގަސްޓް 15 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، ޓައިގާ ޝްރޮފްް، ކަރީނާ ކަޕޫރް، ރަންވީރު ސިންގް، އަކްޝޭ ކުމާރު އަދި ޝްވޭތާ ތިވާރީ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.