މި ސަރުކާރުން މިހާތަނަށް އަައިއިރު މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަ ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ކްރެޑިޓަށް ދޫކޮށްފައިވާ ތެލާއި އައިސް ހިމެނޭ ގޮތަށް ޖުމްލަ 422 މިލިއަން ރުފިޔާ މި ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އަދިވެސް މަސްވެރިންނަށް 270 މިލިއަން ރުފިޔާ ދޭންޖެހިފައި އެބައޮތް ކަމުގައެވެ.
އެނގިވަޑައިގަންނަވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑާއިގެންނެވިއިރުވެސް 250 މިލިއަނެއްހާ ރުފިޔާ އެމަނިކުފާނަށް ވާރުވެފަވެފަ އޮތީ.
ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަން ނިމުނުއިރު 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެއްކި އޮތްކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން އެމައްސަލަ ހައްލު ކުރާނެ ކަމުގައެވެ.
އެ އުނދަގުލުން އަރައިގަނެ މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފިލުވާލާނެ ވާހަކަ ދަންނަވަން.
ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމްގެ ވާހަކައާއި ގުޅިގެން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ އޭނާ ވިދާޅުވި އަދަދާއި ގާތަށްވެސް މަސްވެރިންނަށް ފައިސަ ދޫކޮށްފައި ނުވާކަމުގައެވެ.
ރައީސް މުއިއްޒު ރިޔާސީ ކެމްޕޭންގައި ވަދުވެވަޑައިގެންފައިވަނީ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރައްވާނެ ކަމުގައެވެ.