މާޔަންގެ ފަށް ފޭރިގަތް މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

މާޔަންގެ ފަށް ފޭރިގަތް މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

Author
ހުސެއިން
12 ފެބްރުއަރީ 2024 10:14
0

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު [މާޔަން] ގެ ފަށް ފޭރިގަތް މައްސަލައިގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، ހައްޔަރު ކޮށްފައިވަނީ 25 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިން މަރިޔަމް މުހައްމަދު (މާޔަން) ގެ ކަރުގައި އޮތް ފަށް ފޭރުނު މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ އިއްޔެއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ، ހުޅުމާލޭގައި މަގެއް މަތިން އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނު 6:20 ގައި ކަމަށެވެ.

އެފްއޭއެމްގެ އަންހެނުންގެ ޑިޕާޓްމަންޓްގެ ހެޑް ކަމާއި ވިމެން ފުޓްބޯޅަ ކުލަބުގެ އެއް ފައުންޑަރު މާޔަން ކިޔައި ދިން ގޮތުގައި އެ ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިންކްރެސްޓް ރެސިޑެންސް ކައިރިން "ކްލޭ ސްޓޫޑިއޯ" ހުންނަ މަގަށް އެޅި ވަގުތެވެ.

މި ފަށް ވިއްކަން ނުވަތަ މީހަކު އަޅައިގެން ހުއްޓާ ފެނުނަސް އޭނާ އަށް އެންގުމަށް މާޔަން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.