އަތޮޅު ކައުންސިލްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް އިންތިހާބުކޮށްފި

އަތޮޅު ކައުންސިލްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް އިންތިހާބުކޮށްފި

Author
އަހުމަދު
10 ފެބްރުއަރީ 2024 07:36
0

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފިއެވެ.

ފ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފ. ނިލަންދޫ ފޮނިލުނބޯގެ ހައްވާ އަބްދުލް އަޒީޒެވެ. ހައްވަ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ 941 ވޯޓު ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓު ފ. ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލަށް ލިބުނީ 888 ވޯޓެވެ.

ވ.ފެލިދޫ ކައުންސިލްގެ ރައީސާއި, ރަސްގަތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓްލުން ކުރިޔަށް ގޮސްފަ އެވެ. މި ގޮނޑިތަކުގެ ތެރެއިން ފެލިދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓެކެވެ. އޭނާ ވާދަކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކާއެވެ.

ރަސްގެތީމު ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ނެގީ ކޮންގްރެސް ޕާޓީއާ ވާދަކޮށް އެމްޑީޕީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.