ރައީސް ޔާމިންގެ އިސް ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޔާމިންނާއި ގުޅޭގޮތުން މީގެ ކުރިން ދައްކާފައި ހުރި ވާހަކަތަކުގެ ހަނދާންތައް، ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް އާ ކޮށްދެއްވައިފިއެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި، އޭރު ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް، ޑރ. ޖަމީލް މަގާމުން ވަކި ކުރުމާއެކު ޖަމީލްވަނީ ޔާމިނަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން މުޚާތަބުކޮށް ފާޑި ވިދާޅުވެފައެވެ. އަދި ޑރ. ޖަމީލް ޔާމިނަށް ނިސްބަތްކޮށް ދައްކަވާފައިވާ ވާހަކަތަކުގެ ގިނަ ވީޑިއޯތައް މިހާރުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.
އޭގެ ތެރެއިން ވީޑިއޯއެއް އެކްސްގައި ޕޯސްޓު ކުރައްވަމުން އަބުދުއްރަހީމް ވިދާޅުވެފައިވަނީ އެކްސްގައި ޕޯސްޓު ކޮށްފައިވަނީ، ފެހި ގާނޫނު އަސާސީއަށް ޢަމަލުކުރަންފެށި ފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެކަމަށް ބަޔާން ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ވަކި ކުރެއްވި ފުރަތަމަ ނާއިބު ރައީސްގެ ދޫފުޅުން އެ ދުވަހު ދެއްކެވި ވާހަކަފުޅުތައް ކަމުގައެވެ.
ފެހި ގާނޫނު އަސާސީއަށް ޢަމަލުކުރަންފެށި ފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެކަމަށް ބަޔާން ކުރައްވާ ރައްޔިތުންގެ މަޖިލީހަށްހުށަހަޅުއްވައިގެން ވަކި ކުރެއްވި ފުރަތަމަ ނާއިބު ރައީސްގެ ދޫފުޅުން އެ ދުވަހު ދެއްކެވި ވާހަކަފުޅު pic.twitter.com/bkv4nGvuz8
— Abdul Raheem Abdulla (@Banafsaa) February 10, 2024
އަބުދުއްރަހީމް އެކްސްގައި ޕޯސްޓުކުރި ވީޑިއޯގައި ޖަމީލް ވިދާޅުވެފައިވަނީ ރައީސް ޔާމިން ރައްޖެއަށް ބާރުމިނުގައި ގެނެސްފައިވަނީ ފަސާދައާއި ކޮރަޕްޝަނާއި އަދި އަނިޔާވެރިކަން ކަމުގައެވެ. އަދި ވައްކަމާއި އަނިޔާވެރިކަން ކަމުގައެވެ. އަދި ރައީސް ޔާމިން ކުރެއްވީ ތާރީޚު ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް ކަމުގައެވެ.
އެހެންނަމަވެސް ޑރ. ޖަމީލް މިހާރު ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމިންއަކީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށާއި، އެމަނިކުފާނަކީ އެއްވެސް ކުށެއްނެތް ތެދުވެރި އިޚްލާސްތެރި ބޭފުޅެއް ކަމުގައެވެ.