މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހައުންސިން ސްކީމެއް އެކުލަވާލަނީ

މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހައުންސިން ސްކީމެއް އެކުލަވާލަނީ

Author
ހުސެއިން
10 ފެބްރުއަރީ 2024 10:24
0

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ޕްލޭނެއް އެކުލަވާލާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރަން ރޭ ބޭއްވި ހަފުލާއެއްގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ މުސާރަ ބޮޑުނުވެ ގިނަ ދުވަސްވުމާއި ދައުލަތުގެ އެކި ދާއިރާތަކަށް ހާއްސަކޮށްގެން ހައުސިން ސްކީމުތައް ހިންގި ނަމަވެސް، މަޖިލީހުގެ މުވައްޒަފުންނަށް އެފަދަ ސްކީމެއް ނެތް ކަމަށެވެ. އެހެންވެ މިހާރު މަޖިލީހުގެ މުވައްޒަފުންގެ މުސާރަ 20 ޕަސެންޓްބޮޑުކޮށްފައިވާ ކަމަށާއި ދެން މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއްގެ ޕްލޭނެއް އެކުލަވާލުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެބަ މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުން، އަޅުގަނޑު ދެކޭ ގޮތުގައި، ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން، ސަރުކާރަކުން ވެސް ނޫން،" އޭނަ ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖިލީހުން އެކަން [ހައުސިން ސްކީމެއް] އިންތިޒާމު ކުރެވެން ޖެހޭނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ރައްޔިތުންގެ މަޖިލީހުން މިކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ."

އަސްލަމް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދާނީ މަޖިލީހުންގެ މުވައްޒަފުންނާއި އަމީންއާންމުގެ މަޝްވަރާގެ މަތިން ކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ އިދާރީ މުވައްޒަފުން ކުރާ މަސައްކަތް އެހާ ބޮޑަށް އާންމުންނަށް ފާހަގަ ނުކުރެވަސް
ފަރުދާގެ ފުރަގަހުގައި މުވައްޒަފުން ކުރާ މަސައްކަތަކީ ގައުމު ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.