މަޖިލިހުގައި ވާދަކުރުމަށް 11 އެޕްލިކޭޝަނެއް، 1 އެޕްލިކޭޝަން ފޯމް ބަލައިނުގަތް!

މަޖިލިހުގައި ވާދަކުރުމަށް 11 އެޕްލިކޭޝަނެއް، 1 އެޕްލިކޭޝަން ފޯމް ބަލައިނުގަތް!

Author
އަހުމަދު
08 ފެބްރުއަރީ 2024 10:02
0

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 11 އެޕްލިކޭޝަން ފޯމް ލިބުނު އިރު، އެއް ފޯމް ބަލައިނުގަންނަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވީ 11 ބޭފުޅުން ކަމަށެވެ. އެއީ އަމިއްލަ ގޮތުން ހަ ބޭފުޅުންނާއި އެމްޑީއޭ އިން ތިން ބޭފުޅުންނާއި ޕީއެންސީން ދެ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީސީއަށް ހުށަހެޅީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓަކާއި ހިތަދޫ އުތުރު ދާއިރާ އަަށް ހުށަހެޅި ދެ ހުށަހެޅުމެއްގެ އިތުރުން، އެމްޑީއޭގެ ފަރާތުން މީދޫ އަދި ވެލިދޫ ދާއިރާއަަށް ވާދަކުރެއްވުމަށް ހުށަހެޅި ދެ ހުށަހެޅުމާއި، މައްޗަންގޯޅި މެދު ދާއިރާ، ކޮލަމާފުށި ދާއިރާ، ވެލިދޫ ދާއިރާ، ބާރަށު ދާއިރާ އާއި ހޮޅުދޫ ދާއިރާ އަށް ވާދަކުރުމަށެވެ.

މާޗް 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު  ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. މިފަހަރު މަޖިލިހުގެ 93 ދާއިރާ އަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.