އެއްވެސް ބަޔަކާ ދުޝްމަނު ވެގެންނެއް ނޫޅެން، ދުޝްމަންކަން އުފައްދަން ބޭނުންވަނީ އެހެން ބައެއް: ރައީސް

އެއްވެސް ބަޔަކާ ދުޝްމަނު ވެގެންނެއް ނޫޅެން، ދުޝްމަންކަން އުފައްދަން ބޭނުންވަނީ އެހެން ބައެއް: ރައީސް

ދިވެހިންނަކީ އެއްވެސް ބަޔަކާއި ދުޝްމަންކަން އުފައްދަން ބޭނުންވާ ބައެއް ނޫންކަމަށާއި، ދުޝްމަންކަން އުފައްދަން ބޭނުންވަނީ އެހެން ބައެއްކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

ވޭމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ހުރިހާ ވާހަކައެއް ވެސް ދައްކަވަނީ ވަރަށް ސާފުކޮށް ކަމަށާއި ކެމްޕޭނުގައި ދެއްކެވި ވާހަކަތަކަށް މިއަދު ވެސް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އަދި މިކަންކަން ހާސިލުކުރަން ރައްޔިތުން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށާއި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

އަޅުގަނޑުމެންނެއް ނޫޅެން ދުޝްމަނު ވެގެންނެއް. އެ ދުޝްމަންކަން އުފައްދަން އެހެން ބަޔަކު އެ ބޭނުންވަނީ.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ވިޔަސް އެންމެ ބޮޑު ގައުމާ ހަމަހަމަ ގޮތެއްގައި ހަމަހަމަކަން ގާއިމުކޮށްދޭންވާނެ ކަމަށާއި، ރާއްޖޭގެ އިމުގެ އެތެރެއަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވޭނެކަން ގަބޫލުކުރާ ކޮންމެ ބަޔަކާ އެކީގައި ތިބޭނީ އެކުވެރިކަމުގެ ރޫހުގައި އަތުކުރި އޮޅާލައިގެން ކަމުގައެވެ.

ރާއްޖޭގެ އެތެރޭގެ ދާހިލީ ކަންކަމާ ނުބެހޭ، އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ގައުމެއް ވިޔަސް އެންމެ ބޮޑު ގައުމާ ހަމަހަމަ ގޮތެއްގައި ހަމަހަމަކަން ގާއިމުކޮށްދޭ، އަޅުގަނޑުމެންގެ އިމަކީ އަޅުގަނޑުމެންގެ އިންކަން، އެ އިމުގެ އެތެރެއަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވޭނެކަން ގަބޫލުކުރާ ކޮންމެ ބަޔަކާ އެކީގައި އަޅުގަނޑުމެން ތިބޭނީ އެކުވެރިކަމުގެ ރޫހުގައި އަތުކުރި އޮޅާލައިގެން.

ތ. ވޭމަންޑޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އެެއްވެސް ބަޔަކާ ދުޝްމަންވާން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއިރު، އިންޑިއާއާއި ރާއްޖެއާދެމެދު އޮތް ޒަމާންވީ ގުޅުމަށް ވަނީ ނޭދެވޭ އަސަރު ކޮށްފައެވެ. އަދި ރައީސް މުއިއްޒުވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފޭބުމަށް މިހާރު އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *