"މާޑާ މުބާރަކް" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

"މާޑާ މުބާރަކް" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
07 ފެބްރުއަރީ 2024 10:34
0

ބޮލީވުޑްގެ ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ އޭނަގެ ދޮންމަންމަ ބަތަލާ ކަރީނާ ކަޕޫރްގެ ދައްތަ ކުރީގެ މަޝްހޫރު އެކްޓަރެސް ކަރިޝްމާ ކަޕޫރާ އެކީ ކުޅެފައިވާ ހޮރޯ ކޮމެޑީ "މާޑާ މުބާރަކް" އަންނަ މަހުގެ 15 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާގޮތަށް ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

މި ފިލްމްގެ ކާސްޓުގައި ވަރަށް ހުނަރުވެރިން ތިބިކަން ފާހަގަ ކޮށްލެވެއެވެ. "މާޑާ މުބާރަކް" ގެ ކާސްޓްގައި ވިޖޭ ވަރުމާ، ޕަންޖަކް ޓްރިޕަތީ، ޑިމްޕަލް ކަޕާޑިއާ، ސަންޖޭ ކަޕޫރް، ޓިސްކާ ޗޯޕްޅާ އަދި ސުހައިލް ނައްޔަރް ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

 

މި ފިލްމް ޕްރިމިއާ ކުރަނީ ނެޓްފްލިކްސް އިންނެވެ. މި ފިލްމް އަކީ ހޮރޯ ކޮމެޑީއެކެވެ. މި ފިލްމު ޑައިރެކްޓްކުރީ "ކޮކްޓެއިލް" އާއި "އަނގްރޭޒީ މީޑިއަމް" ގެނެސްދިން ހޯމީ އަދަޖާނިއާ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ކަރިޝްމާ އެންމެފަހުން ފިލްމަކުން ފެނުނީ 2012 ވަނަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "ޑޭންޖަރަސް އިޝްގް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.