ޝަރުޢީގޮތުން އަސާސެއް ނެތް ޙައްލު ހުށަހެޅުމަކީ ލީޑަރުންނަށް ލިބިގެންވާ ބާރެއް ނޫން!

ޝަރުޢީގޮތުން އަސާސެއް ނެތް ޙައްލު ހުށަހެޅުމަކީ ލީޑަރުންނަށް ލިބިގެންވާ ބާރެއް ނޫން!

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 01:32
0

ޝަރުއީގޮތުން އެއްވެސް އަސާސެއް ނެތް ހައްލެއް ހުށަހެޅުމަކީ ލީޑަރުންނަށް ލިބިގެންވާ ބާރެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާއިގައި ކޯވިޑް-19 ގައި މަރުވާ މުސްލިމުން އަންދާލަމުންދާތީ އެކަމުގައި ލަންކާ މުސްލިމުން ކުރިއަށް ގެންދިޔަ އިޚްތިޖާޖުތަކާއި، ހަމަނުޖެހުންތަކަށްފަހު މިހާރުވަނީ މުސްލިމުންގެ ހަށިތައް އަދާލުން މަޑު ޖައްސާލާފައެވެ. އަދި މިކަމުގައި ގޮތްތަކެއް ހޯދުމަށް ދިވެހި ސަރުކާރާއި މަޝްވަރާ ކުރަމުންދާކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ދީނީ އިލްމުވެރިންނާއި، ސިޔާސީ ލީޑަރުންގެ ރަޢުޔު ނެރެމުންދާއިރު، ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސްރީލަންކާގެ މުސްލިމް މައިނޯރިޓީގެ ޢަޤީދާއާ ގުޅިފައިވާ ޙައްޤަކަށް ހުރަސް އެޅިފައިވާނަމަ، އިސްލާމީ އުއްމަތުގެ ވާޖިބަކަށް ވާންވާނީ އެ ޙައްޤެއް ހޯދައިދިނުމަށް މަސައްކަތްކުރުންކަމަށެވެ. އެކަމަށް މަސައްކަތް ނުކޮށް ޝަރުޢީ ގޮތުން ނެތް ހައްލެއް ހޯދުމަށް ދެ ޤައުމުގެ ވެރިންގެ ލެވެލްގައި ވާހަކަ ދައްކައި ލީޑަރުން ނިންމާ ނިންމުމަކީ އަސާސަކަށް ބިނާވާނެ ހައްލެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ސ.ލަންކާގެ މުސްލިމް މައިނޮރިޓީގެ ޢަޤީދާއާ ގުޅިފައިވާ ޙައްޤަކަށް ހުރަސް އެޅިފައިވާނަމަ، އިސްލާމީ އުއްމަތުގެ ވާޖިބަކަށް ވާންވާނީ އެ ޙައްޤެއް ހޯދައިދިނުމަށް މަސައްކަތްކުރުން. ޝަރްޢީގޮތުން އަސާސެއް ނެތް ޙައްލު ހުށަހެޅުމަކީ ޤަބަލީ ލީޑަރުންނަށް ލިބިގެންވާ ބާރެއް ނޫން!

– ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ސްރީލަންކާއި ކޯވިޑް-19 ގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް މަޝްވަރާތައް ކުރަމުންދާއިރު، މިކަމުގައި ކޯލިޝަންގެ ލީޑަރުންގެ ތެރެއިން ދީނީ އިލްމުވެރިޔާ އަދި އެމްއާރުއެމްގެ ރައީސް މައުމޫން ވިދާޅުވީ ލަންކާ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޯވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އަދި ކޯވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ރާއްޖެއިން ކޮށްދޭންޖެހޭނެ ކަމެއްނޫންކަމަށެވެ. އެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށްކުރެވޭތާއީދަކަށް ކަމުގައި ރައީސް މައުމޫން ވަނީ ވިދަޅުވެފައެވެ. ރައީސް މައުމޫންގެ ޚިޔާލު މިކަމުގައި ތަފާތު ވިޔަސް ކޯލިޝަންގައި ހިމެނޭ އަދާލަތް ޕާޓީންނާއި، ޖުމްހޫރީ ޕާޓީން ވަނީ މިނިންމުމަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.