އަމިއްލަ މީހެއްގެ އޮފީހެއް ފަޅާލައި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ވީޑިއޯއާއިއެކު ފުުލުހުން އާންމުގެން އެހީއަށް އެދިފައިވަނީ މާލެ، ހެންވޭރުގައި ހުންނަ އަމިއްލަ މިހެއްގެ އޮފީހެއް ނޮވެމްބަރު 26 ވަނަ ދުވަހުގެ ރޭ ފަޅާލައި އެތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދާ މީހެއް ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 471388 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުންވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ