ބައެއް ނޫސްވެރިން ލިޔަމުންދަނީ ހަގީގަތެއްވެސް ބެލުމެއްނެތި ހިތައް އެރިގޮތަކަށް: ޝައިޚް ޒައިދު

ބައެއް ނޫސްވެރިން ލިޔަމުންދަނީ ހަގީގަތެއްވެސް ބެލުމެއްނެތި ހިތައް އެރިގޮތަކަށް: ޝައިޚް ޒައިދު

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 12:42
0

މިޒަމާނުގެ ބައެއް ނޫސްވެރިން ލިޔަމުންދާ ލިޔުންތަކުގައި އެއްވެސް ހަގީގަތެއްނެތި އަމިއްލަ ޚިޔާލަށް ފެންނަ އެއްޗެއް ލިޔަމުންދާކަމަށްބުނެ ޝައިޚް އަލީ ޒައިދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޝައިޚު ޒައިދު ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދެއްކި ވާހަތައް އޮޅޭ ގޮތަށް ލިޔެފައިވާ ލިޔުމަކަށް އިޝާރާތް ކުރައްވައި ޝައިޚް ޒައިދު ވިދާޅުވީ ޒިންމާދާރު ކަމާއިއެކު ނޫސްވެރިން ލިޔާ ކިޔުންތައްވެސް ބައްޓަން ކުރަންޖެހޭ ކަމަށެވެ. މީހަކު ދޭ މައުލޫމާތާއި، ފާޅު ކުރާ ޚިޔާލު އެހެން މާނައެއް ދޭހަވާގޮތަށް ނަގައި އޭގެ ބޭނުން ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމުގައި ޝައިޚް ޒައިދު ވަނީ ވިދާޅުވެފައެވެ.

ޒައިދު މިގޮތަށް ވިދާޅުވެފައިވަނީ އަވަށްޓެރި ސްރީލަންކާގައި ކޯވިޑްގައި މަރުވާ މީހުންގެ ހަށިތައް އަންދާލުމަށް ޖާގަ ނުދީ ރާއްޖޭގައި ވަޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި ލިޔެފައިވާ އާޓިކަލްއަކާއި ގުޅިގެން ނޫސްވެރިޔަކު ކޮށްފައިވާ ކޮމެންޓަކަށް ޖަވާބު ދެއްވަމުންނެވެ. މި އާރޓިކަލްގައި ލިޔެފައިވާ ސުރުހީގައި އަދި އާޓިކަލްގައި ލިޔެފައިވާ ލިޔުމަށް ޑރ.މުހައްމަދު އިޔާޒުވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ޝައިޚު އިޔާޒު ވިދާޅުވީ ސަރުކާރުން މިކަމުގައި ކުރަން އުޅެނީ އަވަށްޓެރި ލަންކާއި ކޯވިޑްގައި މަރުވާ މީހުން އަންދާލުމުގެ ބަދަލުގައި ރާއްޖެ ގެނެސް ވަޅުލުމަށް ކަމަށެވެ.

އޮންލައިން ނޫހުގައި ލެޔެފައިވާ މި އާޓިކަލްގައިވަނީ ސަރުކާރުން މިކަމުގައި އަަމަލު ކުރަމުންދާ ގޮތާއި، އުފެދޭ ސުވާލުތައް ގެނެސްދީފައެވެ. ނޫސްވެރިޔާ ފާޅުކޮށްފައިވަނީ އާންމުންގެ ތެރޭގައި މިއަދު ހުރި ސުވާލުތަކާއި ކަންބޮޑުވުންތަކެވެ. އަދި މިކަމުގައި ރާއްޖޭގެ ޚާރިޖިއްޔާއިން އަމަލުކުރަމުންދާ ގޮތާއި ލަންކާގެ ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކުގައި ހުރި ވާހަކަތައްވެސް އަޅާ ކިޔާފައިވެއެވެ.

ލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމުން ރާއްޖެއަށް ގެނެސް ވަޅުމުގެ މަޝްވަރާތައް ފަށާފައިވާއިރު، ލަންކާގެ މީޑިޔާތަކުން ބުނަމުންދަނީ މިކަމަށް އިސްނަގާފައިވަނީ ދިވެހި ސަރުކާރުންކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިކަމަށް އެދި ލަންކާގެ ރައީސް، ރައީސް ޞާލިހަށް ސިޓީއަކުން ދަންނަވާފައިވާކަމަށެވެ. ލަންކާގައި ކޯވިޑްގައި މަރުވާ މުސްލުމުން އަންދާލާތީ، ލަންކާގެ ގިނަ މުސްލިމުން އެކަމާއި ދެކޮޅަށް ނިކުގެ އަޑު އުފުލަން ފެށުމުން މިހާރުވަނީ ލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމުން އަންދާލުން މަޑު ޖައްސާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.