"އެނިމަލް"ގެ ދެވަނަ ބައި 2026 ގައި

"އެނިމަލް"ގެ ދެވަނަ ބައި 2026 ގައި

Author
ފާތިމަތު ނާވީ
06 ފެބްރުއަރީ 2024 10:21
0

މިދިއަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "އެނިމަލް" ގެ ސީކުއަލް ސިނަމާތަކަށް ގެނެވޭވަރު ވާނީ 2026 ވަނަ އަހަރުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"އެނިމަލް ޕާކް" ގެ ނަން ދިފައިވާ މި ފިލްމްގެ މަސައްކަތް މިހާރު އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ. އެގޮތުން މި ފިލްމްގެ ސްކްރިޕްޓް ލިއުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެއެވެ.

މި ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ވެންގާ ރެއްޑީ މި ވަގުތު އެންމެ އިސްކަމެއް ދޭނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް" އަށް ކަމަށެވެ. އެއީ ދެކުނު އިންޑިއާގެ އެކްޓަރު ޕްރަބާސް ލީޑު ރޯލު ކުޅޭ ފިލްމެކެވެ.

ބައެއް ނޫސްތަކުގައި ބުނީ އެ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް އަންނަ އަހަރު ފަށައި ފިލްމު ސިނަމާތަކަށް ގެނެވޭނެ ކަމަށް ލަފާކުރެވެނީ 2026 ގަ އެވެ. "އެނިމަލް ޕާކް" އިއުލާންކުރީ "އެނިމަލް" ރިލީޒްކުރި ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.