ސަރުކާރުގެ 3 އެސްއޯއީއަކުން ނެގި 3 ލޯނަކަށް ސަރުކާރުން ސޮވެރިން ގެނެރެންޓީ ދޫކޮށްފައިވާކަން، ފިނޭންސުން އާންމުކުރި މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމު ކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ މިފްކޯ އާއި ފެނަކަ ކޯޕަރޭޝަން އަދި އެޗްޑީސީން ނެގި ލޯނުތަކަކަށެވެ.
މި ލޯނުތަކުގެ ތެރޭގައ ފުނަދޫ އާއި ކޫއްޑޫ އާއި ތިނަދޫގައި ހުންނަ މިފްކޯގެ ފެސިލިޓީ ތަރައްގީކޮށް މިފްކޯއަށް އުޅަނދެއް ގަތުމަށް ހަބީބް ބޭންކުން ނެގި 150 މިލިއަން ރުފިޔާގެ ލޯނުވެސް ހިމެނެއެވެ.
އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަންއިން ނަގާފައިވާ 200 ރުފިޔާގެ (ޖުމްލަ 400 މިލިއަން ރުފިޔާ) ދެ ލޯނަކަށްވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައި ވެއެވެ.
އަދި އެޗްޑީސީން، އިސްލާމި ބޭންކުން ނަގާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ލޯނަކަށާއި، 6.49 ޑޮލަރުގެ ލޯނަކަށްވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައި ވެއެވެ.