ވައްކަމުންގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ހދ. ކުޅުދުއްފުށި، ލަންދޫގެ، ޢަބްދުﷲ ޢިބްރާހީމް (36އ) އެވެ.
މިމީހާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ23 ވަނަ ދުވަހުގެ10:00 އަށް ކަމުގައި ފުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ