ޗައިނާގެ ބައެއް ކަންކޮޅުތަކުގައި އެގައުމުގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް މުޒާހަރާ ކޮށްފި

ޗައިނާގެ ބައެއް ކަންކޮޅުތަކުގައި އެގައުމުގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް މުޒާހަރާ ކޮށްފި

ގުޅުންހުރި

މިފަހަކަށް އައިސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)ގެ ވެރިކަމަށް އަމާޒުކޮށް ޗައިނާގެ އެކި ކަންކޮޅުތަކުގައި ވަނީ ހީވެސް ނުކުރާ ވަރުގެ މުޒާހަރާތަކެއް އުފެދިފައެވެ.

މިއީ ސީސީޕީއަކީ ތާރީޚީ ގޮތުން އާބާދީގެ މައްޗަށް ވަރުގަދަ ހިފެހެއްޓުމެއް ދަމަހައްޓައި، ޚިޔާލު ތަފާތުވުންތައް ކަނޑުވާލައި، ކޮންޓްރޯލް ދަމަހައްޓަމުން އައި ބަޔަކަށްވާތީ، މި ބަދަލަކީ، ޗައިނާގައޮތް ޚުދުމުޚްތާރު އުސޫލުތަކާއި އާދަޔާ ޚިލާފަށް ދުރަށް ދިމެއްކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

އެގޮތުން ޗައިނާގައި ކުރަމުންދާ މި މުޒާހަރާތައް އުފެދުމާ އެކު ސީސީޕީގެ ސަފުތަކުގެ ތެރޭގައި ކަންބޮޑުވުން އުފެދުނީ، އެ މީހުންގެ މެނޭޖް ކުރުމުގެ ގާބިލުކަމަށް ވުރެ ބޮޑަށް ހިތްހަމަނުޖެހުން އިތުރުވެދާނެ ކަމުގެ އިހުސާސް ކުރެވުމުންނެވެ.

ޗައިނާގެ އެކި ސަރަޙައްދުތަކުގައި ފުޅާވާން ފަށާއިފައިވާ މި މަންޒަރުތަކަށް ސޯޝަލް މީޑިއާގައި ޕްލެޓްފޯމްތަކުގައި އެގައުމުގައި ހިނގަމުންދާ މުޒާހިރާތައް މިހާރު އާންމުވަމުންދާއިރު، ގުއިޒޫ ޕްރޮވިންސާއި ޖިއާންގްޝީ ޕްރޮވިންސާއި ވެރިރަށް ބެއިޖިންގގައި ހިނގާ މުޒާހަރާތައް ދައްކުވައިދޭ ވީޑިއޯތައްވެސް ވަނީ ވައިރަލްވެފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގުއިޒޫ ޕްރޮވިންސްގެ ކިއާންކްސިނާން ޕްރިފެކްޗާއަށް މި ކަމުގެ ސަމާލުކަން ލިބުނީ، އެ ގައުމުގެ ސަރުކާރުން ކަނޑައެޅި އާ ސިޔާސަތާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން ދަނިކޮށެވެ. މި ސިޔާސަތުގެ މަގުސަދަކީ ޒަމާނުއްސުރެ، އެތައް ޖީލަކަށް ދިގުދެމިގެން ގޮސްފައިވާ ޖަނާޒާގެ އާދަކާދަތަކަށް ބުރޫ އަރާ، ޖަނާޒާތަކުގައި ހަށިތައް އަންދާލުން މަރުކަޒީ ކުރުމެވެ ކުރުމެވެ.

މި މުޒާހަރާތަކުގެ ބައިވެރިންނާއި ކަމާބެހޭ ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ހަތިޔާރު އެޅި ފުލުހުންނާއި ސްވޮޓް ގެ ޓީމުތައް ހަރަކާތްތެރިވެ ހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ދިން އިންޓަވިއުއެއްގައި އެރަށުގެ ރައްޔިތެއް ކަމަށްވާ ކައިފެންގްޔޫ ވަނީ މިކަން ފާހަގަކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރު ސަރުކާރުން ވަނީ ބިމުގައި ކަށްވަޅު ކޮނެގެން މީހުން ވަޅުލުމުގެ ސަގާފަތުގެ ބަދަލުގައި މީހުންގެ ހަށިތައް އަންދަން މަޖުބޫރުކޮށްފަ އެވެ.

މި ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ، އެތައް ސަތޭކަ ރަޔަޓް ފުލުހުން އެ އަވަށަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގުމާއި ގުޅިގެންނެވެ. އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ވިލެޖްގެ މީހުންނަށް އަނިޔާވެ، މާރާމާރީހިންގުމުގެ އިތުރުން މާބަނޑު އަންހެނަކު ވެސް އެކަމުގެ ޝިކާރައަކަށް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެގެން ދިޔައީ ވިލެޖްގެ މީހުން ރަޔަޓް ފުލުހުންނާ ދެކޮޅު ހެދުމުން، ރަޔަޓް ފުލުހުން އެންމެ ފަހުން ފަހަތަށް ޖެހެން މަޖުބޫރުވުމުންނެވެ.

މި ހިތާމަވެރި ކުރިމަތިލުމާއެކުވެސް، ވިލެޖްގެ އާންމުން ސާބިތުވެ ތިބީ، ބިމުގައި ކަށްވަޅުކޮނެގެން މީހުން ވަޅުލުމާއެކު ޖަނާޒާތައް ބާއްވަމުން ގެންދިއުމަށް ތާއީދު ކޮށެވެ. މަރުކަޒީ ގަބުރުސްތާނެއްގެ ވިސްނުމަށް ބޯލަނބަން ދެކޮޅު ހެދިނަމަވެސް، ސަހަރައްދީ ސަރުކާރުން ބުނެފައިވަނީ، އެއްގަބުރުސަތާނުގައި މީހުންގެ ހަށިގަޑު އަންދާގޮތަށް ސިޔާސަތު ބަދަލުކުރަން ޖެހުނީ، ރައްޔިތުންގެ މައްޗަށް މާލީ ބުރައެއް އުފުލަން ޖެހިފައިވާ ކަމެއްކަމަށް ބުނެއެވެ.

ހަމަ އެއާއެކު، އެހެން ހާދިސާއެއްގައި، ޕީކިން ޔުނިވާސިޓީގެ ލޯ ސްކޫލުގެ ޕްރޮފެސަރުންގެ ފަރިތަކުރުންތަކަށް ފުލުހަކު ގަދަކަމުން ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއްވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. އެ އޮފިސަރަކީ ގާނޫނީ އިޖުރާއަތްތަކަށް އިހުމާލުވެފައިވާ އޮފިސަރެއް ކަމަށް ތުހުމަތުކޮށް، އެކުވެރި ޕްރޮފެސަރުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ސީނިއާ ރިޕޯޓަރު ގާއޯ ޔޫ ވަނީ ސޯޝަލް މީޑިއާގައި އެކަން ކުށްވެރިކޮށް، އެއީ ގާނޫނާ ހިލާފު އަދި ފަރުދީ ހައްގުތަކަށް ވަރަށް ބޮޑަށް އިހުމާލުވާ ކަމެއް ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުންވެސް ބެއިޖިންއިން ވަނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަގުތަކުން ކަރަންޓް ޓްރައިސައިކަލް ދުއްވުން މަނާކޮށްފައެވެ. ސިޓީ ކައުންސިލުން އިތުރަށް ކުރިއަށް ގޮސް، އިލެކްޓްރިކް ޓްރައިސައިކަލްތައް، ކޫރިއަރުން ބޭނުންކުރާ ސައިކަލްތައް ވެސް ގަދަކަމުން ހިފެހެއްޓި އެވެ. މި މަނާކުރުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ހޮސްޕިޓަލްތަކަށް ދިއުމާއި ދަރިން ހިފައިގެން އަންނަ މައިންބަފައިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އުމުރުން ދުވަސްވީ ރައްޔިތަކު، ވަރަށް ބޮޑަށް ނުތަނަވަސްވެ، އިލެކްޓްރިކް ޓްރައިސައިކަލެއްގައި، ޓިއާނަންމެން ސްކޮއާގެ މަނާ ސަރަހައްދަށް ވަދެ، އެކަމާ ދެކޮޅަށް އަޑުއުފުލި އެވެ. އެ ވީޑިއޯ ފުޓޭޖުން ފެނިގެން ދިޔައީ، ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ