ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް ބަލަނީ

ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް ބަލަނީ

Author
އަހުމަދު
31 ޖެނުއަރީ 2024 04:26
0

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް އެމްއެންޑީއެފުން ބަލަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ ސިފައިން ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައި ނުވެއެވެ.

ބެލެވޭ ގޮތުގައި އެ ދޯންޏަށް އަރާފައި ވަނީ އިންޑިއާގެ ސިފައިންނެވެ. ސިފައިން އަރާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ "އަސުރުމާ 3″ ދޯންޏަށެވެ.

ރާއްޖޭގެ އެންމެ އުތުރުން ދޯންޏަށް ބޭރުގެ ސިފައިން އެރި ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.