އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނުވާނެ: ޝަހީމް

އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނުވާނެ: ޝަހީމް

Author
ހުސެއިން
31 ޖެނުއަރީ 2024 09:57
0

އެއްވެސް ކަމެއްގަ އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެކަމަށް، ދެވަނަ ފަހަރަށް ރައީސް މުއިއްޒު އިސްލާމިކް މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވާ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ބުނެފައިވަނީ، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމަށް ރުހުން ނުދޭން އެމްޑީޕީއިން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެގޮތުން, ޝަހީމަށް ރުހުން ނުދޭން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތުކޮށް އެމްޑީޕީގެ ބައެއް މެންބަރުން ހުށަހެޅި ޝަކުވާތަކާ މެދު މަޝްވަރާ ކުރުމަށްފަހު ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ބިގޭ އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ތެރޭގަ، ކުރިން [ޝަހީމްގެ] ހިއްސާ އޮތް، އެ ހިއްސާ ބަދަލުކުރުމަށްފަހު އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފަ އޮތްކަމުގެ ތުހުމަތުތައްވެސް ޕީޖީ ގްރޫޕުގެ އެކި އެކި ބޭފުޅުން ހިއްސާކޮށްފަ އެބަހުރި

އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވިއެވެ.

ބިގޭގެ ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި އެކްސްޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެއީ ހަގީގަތާ ޚިލާފް ވާހަކައެއް ކަމަށާއި، ކަމުގެ ހަގީގަތް ނުބަލާ އަބުރު ކަތިލުކަމަކީ ނާތަހުޒީބު އަމަލެއް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.